ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މީހަކަށް ފަރުވާދެނީ
ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މީހަކަށް ފަރުވާދެނީ

ހުޅުމާލޭގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓަކާ ގުޅިގެން އެކަކަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ އެސްޓީއޯ ހޮޓާ ކައިރީގައި މިއަދު ހަވީރު 3:30 ވާން އުޅެނިކޮށް، ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ފަރުވާދެމުން އަންނަނީ ސައިކަލް ދުއްވަން އިން މީހާއަށް ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ އެމީހާގެ ހާލު ސީރިއަސް ކަމެއް އަދި ލިބުނު އަނިޔާތަކުގެ މާ ބޮޑު ތަފުސީލެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ މީހާގެ އިތުރުން ވެސް އަނެއް ދެ މީހުންނަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާވި ކަމަށެވެ. އެކަމަކު ހޮސްޕިޓަލްގައި އެމީހުން އެޑްމިޓެއް ނުކުރެ އެވެ.