05 އޯގަސްޓް 2019 - 10:41

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބައެއް ހިދުމަތްތައް ދިނުމަށް "މައި ހުޅުމާލެ ޕޯޓަލް" ތައާރަފްކޮށްފި އެވެ.
އެޗްޑީސީން ފޯރުކޮށްދޭ ހިދުމަތްތައް ހޯދުމަށާއި އެ ކުންފުންޏާ މުއާމަލާތުކުރުމަށް މި ޕޯޓަލް ބޭނުންކުރެވޭނެ އެވެ.
އެޗްޑީސީގެ މުނިސިޕަލް ހިދުމަތްތަކަށް ވެސް މި ޕޯޓަލް އން ހުށަހެޅޭނެ އެވެ. އެ ހިދުމަތްތަކުގެ މައުލޫމާތުތަކުގެ އަޕްޑޭޓްތައް އޮންލައިންކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް އެނގޭނެ އެވެ.
އެޗްޑީސީން ދޫކުރާ ހުއްދަތައް ޕްރިންޓްކުރެވޭ ގޮތަށް ޑިޖިޓަލްކޮށް މި ޕޯޓަލް އިން ލިބޭނެ އެވެ. އަދި ހުރިހާ ހިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ވެސް ދެއްކޭނެ އެވެ. އަދި އާންމުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ނުވަތަ ކަންބޮޑުވުންތައް ވެސް ހުށަހެޅޭނެ އެވެ.
ޕޯޓަލްގައި ހުޅުމާލޭގެ ތަފްސީލް ޗާޓެއް ވެސް ހިމެނެ އެވެ. މި ޗާޓުގައި ސެންޓްރަލް ބަސް އަދި މާލެ-ހުޅުމާލެ ބަސް ރޭޓު ވެސް ހިމަނާފައިވާނެ އެވެ.
އެޗްޑީސީން މި ޕޯޓަލް އުފައްދާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި "މަންސަ-ވޮލިއުމް 1" ޓޯކް ޝޯގަ އެވެ.