05 އޯގަސްޓް 2019 - 09:49

ރ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރުންނަށް މާއިން ރަޝީދާއި އިޔާން އަޒީޒް ހޮވައިފި އެވެ.

މިދިޔަ ހުކުރު ދުވަހު އެ އަތޮޅު މީދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދެވެ.

ސާނަވީ ބައިން އެއްވަނަ ހޯދި އިޔާން ވަނީ ހަ މާއްދާއިން އޭ ސްޓާ، އެއް މާއްދާއިން އޭ އަދި ބީއެއް ހޯދައިފަ އެވެ. އޭނާ ވަނީ ގައުމީ ގަދަ ދިހަކުން ހަތަރު ވަނަ ހޯދައިފަ އެވެ.

މަތީ ސާނަވީ އިން އެއްވަނަ ހޯދި މާއިން ވަނީ ގައުމީ ގަދަ ދިހަކުން ހަ ވަނަ ހޯދައިފަ އެވެ. އޭނާއަށް ތިން މާއްދާއިން އޭ ސްޓާ، އެއް މާއްދާއިން އޭ އަދި ބީއެއް ލިބިފައި ވެ އެވެ.

އެ ސްކޫލުގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އިމްތިހާނުން ދަރިވަރުން ހޯދާ ނަތީޖާ އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުވަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު މިިދިޔަ އަހަރު ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު 93 ޕަސެންޓުގައި ހުރިއިރު އޭ ލެވެލްގައި 86 ޕަސެންޓް ދަރިވަރުން ވަނީ ފާސްވެފަ އެވެ.
މިދިޔަ އަހަރު ހަތަރު ދަރިވަރަކު އޯލެވެލްގެ ގަދަ ދިހެއްގައި ހިމެނުނުއިރު އޭލެވެލްގެ ގަދަ ދިހެއްގައި ދެ ދަރިވަރުން ހިމެނިފައި ވެ އެވެ.