04 އޯގަސްޓް 2019 - 17:28

މީހަކު ރަހީނުކޮށް އަނިޔާކުރި ކަމުގެ ތުހުމަތަށް މާލެއިން މިއަދު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މީހަކު ރަހީނުކޮށް އަނިޔާކުރި ކަމުގެ ތުހުމަތަށް މާލެއިން މިއަދު ހެނދުނު ހައްޔަރު ކުރީ 19 އަހަރުގެ ފިރިހެނަކާ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ފުލުހުން ބުނިގޮތުގައި ދިވެހިންނެވެ.
ރަހީނު ކުރި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ. އެނގިފައިވާ ގޮތުގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނީ ބިސްބުރު ކައިރީގައި ހުންނަ ގެ އެއްގަ އެވެ.