ޔޫޓިއުބުން އެޗްޑީ ކޮލިޓީގައި ޑައުންލޯޑްކުރެވޭ ގޮތް ހަދަނީ
ޔޫޓިއުބުން އެޗްޑީ ކޮލިޓީގައި ޑައުންލޯޑްކުރެވޭ ގޮތް ހަދަނީ

އެންމެ ގިނަ ބަޔަކު ވީޑިއޯތައް ބަލާ ޕްލެޓްފޯމް ޔޫޓިއުބުން އޭގެ ޕްރިމިއަމް ކަސްޓަމަރުންނަށް ފުލް އެޗްޑީ ކޮލިޓީ ނުވަތަ 1080 ޕިކްސެލްގައި ޑައުންލޯޑް ކުރެވޭ ގޮތަށް ހަދަން ނިންމައި، އެ ފީޗާ ޓެސްޓްކުރަން ފަށައިފި އެވެ.

ޔޫޓިއުބުން އެޗްޑީ ކޮލިޓީގައި ޑައުންލޯޑްކުރެވޭ ގޮތް ހަދަނީ
ޔޫޓިއުބުން އެޗްޑީ ކޮލިޓީގައި ޑައުންލޯޑްކުރެވޭ ގޮތް ހަދަނީ

ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ފުލް އެޗްޑީ ކޮލިޓީގައި އޮފްލައިންކޮށް ޑައުންލޯޑް ކުރާ ވީޑިއޯ އެންމެ ކޮލިޓީކޮށް ބަލައިލެވޭނެ އެ. މި ފީޗާ މިހާރު ޓެސްޓް ކުރަމުން އަންނަ އިރު ޕްރިމިއަމް ބައެއް ކަސްޓަމަރުންނަށް ފުލް އެޗްޑީ ޑައުންލޯޑް އޮޕްޝަން ވެސް މިހާރު ލިބެ އެވެ. ބައެއް މީހުން ވަނީ އޭގެ ސްކްރީންޝޮޓްތަކެއް ވެސް ހިއްސާކޮށްފަ އެވެ.

މިހާރު ޔޫޓިއުބްގެ ވީޑިއޯތައް އެންމެ މަތީ ލެވެލަކަށް ޑައުންލޯޑް ކުރެވެނީ 720 ޕިކްސެލްއަށެވެ.

ނޫސްތަކުން ބުނީ ޔޫޓިއުބަށް އިތުރު ކުރާ އޮޕްޝަން އެންޑްރޮއިޑާއި އައިއޯސްގެ ޑިވައިސްތަކަށް ވެސް ލިބޭނެ ކަމަށެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު ވަރަށް އަވަހަށް މިކަން ޔޫޓިއުބުން އިއުލާން ކުރާނެ ކަމަށްވެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން 2005 ގައި ވުޖޫދަށް އައި ޔޫޓިއުބް މަހެއްގެ މައްޗަށް ބޭނުން ކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް ވުރެ ގިނަ އެވެ. އަދި ޔޫޓިއުބް ބޭނުން ކުރާ މީހުންގެ 70 ޕަސަންޓަކީ މިހާރު ސްމާޓްފޯނުން ޔޫޓިއުބްގެ ބޭނުން ހިފާ މީހުންނެވެ.