ސިލްސިލާ "ޝަކްތީ" އިން ވިވިއަން ވަކިވަނީ
ސިލްސިލާ "ޝަކްތީ" އިން ވިވިއަން ވަކިވަނީ

މީގެ ތިން އަހަރު ކުރިން ފެށިގެން ކަލާޒް އިން ދައްކަމުން އަންނަ ކާމިޔާބު ސިލްސިލާ "ޝަކްތީ: އަސްތިތުވާ ކޭ އެހްސާސް ކީ" ގެ ބަތަލު ވިވިއަން ޑިސޭނާ އެ ސިލްސިލާ އިން ވަކިވާން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ 31 އަހަރުގެ އެކްޓަރު ސިލްސިލާ ދޫކޮށްލަން ނިންމީ އޭގެ ވާހަކައަކަށް ގެންނަން އުޅޭ ބަދަލަކާ އެކު އޭނާ، ބޮޑު ދަރިއެއްގެ ބައްޕައެއްގެ ރޯލް ކުޅެން ޖެހޭތީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ.

މީޑިއާތަކުން ބުނީ ވިވިއަން "ޝަކްތީ" ދޫކޮށްލަން ނިންމުމާ ގުޅިގެން ސިލްސިލާ އަށް ބޮޑު ބަދަލެއް ގެންނަން ނިންމައި، އޭނާ ކުޅޭ ހަރްމަން ސިންގްގެ ކެރެކްޓާ އަށް ނިމުމެއް ގެންނަން އޭގެ ޓީމުން މިހާރު ނިންމާފައިވާ ކަމަށެވެ. އެހެންވެ އަންނަ މަހުން ފެށިގެން ސިލްސިލާ އިން ވިވިއަން ނުފެންނާނެ ކަމަށާއި މި ވަގުތަށް އޭނާ ޝޫޓް ކުރަން ޖެހޭ މަންޒަރުތައް ޝޫޓްކޮށް މި މަހުގެ ތެރޭގައި ނިންމަން ވަނީ ރާވައިފައި ކަމަށް ބުންޏެވެ.

"ޝަކްތީ" ގައި ވިވިއަންއާ އެކު ބަތަލާގެ ރޯލް ކުޅެނީ "އަކްސަރު 2" ފަދަ ފިލްމުތަކުން ވެސް ފެނިފައިވާ އެކްޓަރު އަބިނާވް ޝުކްލާގެ އަންހެނުން ރުބީނާ ދިލައިކެވެ.

މެއި 30، 2016 އިން ފެށިގެން ދައްކަމުން އަންނަ "ޝަކްތީ" ގެ 800 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ވަނީ ގެނެސް ދީފަ އެވެ.

ވިވިއަން ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "މަދޫބާލާ: އޭކް ޖުނޫން، އޭކް އިޝްގް" އާއި "ޕިޔާރް ކީ ޔޭ އޭކް ކަހާނީ" ހިމެނެ އެވެ.