ބެގްލިއޯނީ ރިސޯޓް ހުޅުވައިފި
ބެގްލިއޯނީ ރިސޯޓް ހުޅުވައިފި

ދ. މާގައުގައި ތަރައްގީ ކުރި ބެގްލިއޯނީ ރިސޯޓް ހުޅުވައިފި އެވެ.

ބެގްލިއޯނީ ރިސޯޓް ހުޅުވައިފި
ބެގްލިއޯނީ ރިސޯޓް ހުޅުވައިފި

އިންޑިއާ ކަނޑުގައި ހުޅުވި ފުރަތަމަ އިޓާލިއަން ލަގްޒަރީ ރިސޯޓުގެ ފުރަތަމަ ޓޫރިސްޓުންނަށް މަރުހަބާ ކިޔާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ބެގްލިއޯނީ ރިސޯޓް ހުޅުވައިފި
ބެގްލިއޯނީ ރިސޯޓް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 40 މިނިޓް ތެރޭގައި ދެވޭ މި ރިސޯޓުގައި 96 ވިލާ ހުރެ އެވެ. މީގެ ތެރޭގައި ޕްރެޒިޑެންޝިއަލް ވޯޓާ ވިލާއަކާއި 45 ބީޗް ވިލާގެ އިތުރުން 42 ވޯޓާ ވިލާ އަދި އަށް ބަގީޗާ ވިލާ ހިމެނެ އެވެ.

ބެގްލިއޯނީ ރިސޯޓް ހުޅުވައިފި
ބެގްލިއޯނީ ރިސޯޓް ހުޅުވައިފި

މިއީ، އިޓާލިއަން ލަގްޒަރީ ތީމަށް ތައްޔާރުކޮށްފައިވާ ރިސޯޓަކަށް ވުމާ އެކު، އިޓަލީގެ ރަހަތަކަށް ހާއްސަ ރެސްޓޯރެންޓެއް ވެސް ހުރެ އެވެ. މީގެ އިތުރުން ޖަޕާނުގެ ރަހަތަކަށް އަދި ބައިނަލަގްވާމީ ކުޒީންތަކަށް ހާއްސަ ރެސްޓޯރެންޓެއް ވެސް ހުރެ އެވެ.

ބެގްލިއޯނީގައި ހަދާފައިވާ ސްޕާ އަކީ ތަފާތު އެކި ޓްރީޓްމަންޓްތަކަށް ހާއްސަކޮށްގެން ހަދާފައިވާ ސްޕާ އެކެވެ. މި ސްޕާގައި މުޅިން ވެސް ބޭނުންކުރަނީ އިޓަލީގެ އުފެއްދުން ތަކެވެ. އެއީ އެއްވެސް ކަހަލަ ކެމިކަލަކާ ނުލައި ގުދުރަތީ ފަތްޕިލާވެލިން ތައްޔާރުކޮށްފައިވާ އުފެއްދުންތަކެވެ. ސްޕާ ހަދާފައިވަނީ އިޓަލީގެ ކުންފުންޏެއް ކަމަށް ވާ ރެއިސޯން ޑެޓްރާއިންނެވެ.

މި ރިސޯޓުގައި މޫދު ކުޅިވަރުތަކަށް ހާއްސަ ސަރަހައްދަކާއި ވޮލީ ކޯޓެއް ވަނީ ގާއިމްކޮށްފަ އެވެ. އަދި އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން ދާ ފަރާތްތަކަށް ސްނޯކްލިން އާއި ބޯޓު ދަތުރުގެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބެއް ވެސް ހުރެ އެވެ.