ފިލައިގެން ދިޔަ އަދީބު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި
ފިލައިގެން ދިޔަ އަދީބު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ އަދީބު ފިލުވުމުގައި ބައިވެރިވެ އެހީތެރިވެ ދިން މީހުންގެ މައްސަލަ ތަހުގީގުކޮށް އެ ފަރާތްތަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް.

ފިލައިގެން ދިޔަ އަދީބު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި
ފިލައިގެން ދިޔަ އަދީބު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި

އަދީބު މާލެ ގެނައުމުގެ މަސައްކަތް އެކުވެރި ގައުމުތަކާ ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފިލައިގެން ދިޔަ އަދީބު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި
ފިލައިގެން ދިޔަ އަދީބު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި

އިންޑިއާގެ ސަރުކާރުގެ އޮފިޝަލުން ވިދާޅުވީ، އަދީބު އެ ގައުމަށް އެތެރެވާން އުޅުނީ ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތި އަދި އިންޑިއާގެ ހުއްދައަކާ ވެސް ނެތި. އޭނާ އިންޑިއާ އަށް އެތެރެވާން ޓަގު ބޯޓުގެ ކްރޫއަކަށް ހެދިގެން ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވޭ.

ފިލައިގެން ދިޔަ އަދީބު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި
ފިލައިގެން ދިޔަ އަދީބު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބޭއްވި ނިއުސް ބްރީފިންގައި ނޫސްވެރިއަކު ސުވާލު ކުރުމުން، ތަރުޖަމާން ރަވީޝް ކުމާރު ވިދާޅުވީ، އަދީބާ ގުޅޭ ރިޕޯޓުތައް ލިބިވަޑައިގަތީ ދެންމެ ކަމަށް. އަދި ޓެމިލްނާޑޫ ސްޓޭޓުން އެ މައުލޫމާތު ސާފުކުރުމަށް ފަހު ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވި.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އަދީބު ދަތުރުކުރީ އިންޑިއާ އިން ބޮޑު ހިލަ ހުސްކުރުމަށް ފަހު އެނބުރި އެ ގައުމަށް ދިޔަ ބޯޓެއްގައި. ލިބުނު އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި އެ ޓަގު ބޯޓު ފާސްކުރީ ކަނޑުމަތިން ކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވޭ. އަދި ބޯޓު ބަލައި ފާސްކުރިއިރު، އޭގައި އަދީބު ހުރި ކަން އިންޑިއާގެ ކަނޑުގެ ސިފައިންނަށް ކަށަވަރު ވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނޭ. އިންޑިއާގެ އިންޓެލިޖެންސް އޮފިޝަލުން އަދީބާ މިހާރު ވެސް ސުވާލު ކުރަމުން އަންނަ ކަަމަށް އިންޑިއާގެ ނޫސްތަކުގައި ވޭ.

އަދީބު، އެންމެ ފަހުން ފުލުހުންގެ އިދާރާ އަށް ތަހުގީގަށް ހާޒިރުވީ މިދިޔަ ހަފުތާގައި. އެ ދުވަހު ތަހުގީގަށް ހާޒިރުވުމަށް ފަހު، އަދީބު ވަނީ އާއިލާއާ އެކު ޗުއްޓީ އަކަށް ރިސޯޓަކަށް ދާކަން ފުލުހުންނަށް އަންގާފައި. އޭގެ ފަހުން އޭނާ ފުލުސް އޮފީހަށް ހާޒިރުވާން އެންގީ މި ހަފުތާގެ ހޯމަ ދުވަހަށް. އެކަމަކު، އެ ދުވަހު ފުލުސް އޮފީހަށް ހާޒިރު ނުވެވެމުން، ދެން ހާޒިރުވާން އެންގީ އިއްޔެ. އަދި އިއްޔެގެ މެންދުރާ ހަމައަށް ވެސް ފުލުހުންނާ އަދީބު ފޯނުން މުއާމަލާތް ކުރަމުން އައި ކަމަށް ވޭ. އަދި އިއްޔެގެ މެންދުރު ފަހު 2:00 އަށް ތަހުގީގަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން ވެސް ފޯނުން ފުލުހުންނަށް ދީފައިވޭ.

އިތުބާރު ހުރި ބައެއް ފަރާތްތަކުން "މިހާރު" އަށް ކިޔައިދިން ގޮތުގައި އަދީބު ރާއްޖެ އިން ފިލިތާ ތިން ދުވަސް ވަނީ ވެފައި. އެކަމަކު، މިކަން ފުލުހުންނަށް އެނގޭ ކަން ކަށަވަރެއް ނުވޭ. މި މޫސުމުގައި ޓުޓިކޮރިންއަށް ޓަގް ބޯޑެއްގައި ދާން ދެ ދުވަސް ނުވަތަ ތިން ދުވަސްވަރު ހޭދަވާނެ ކަމަށް، ބައެއް ކައްޕިން ބުނޭ. ރާއްޖެ އާއި އެ ބަނދަރާ ދެމެދު ހުރީ ގާތްގަނޑަކަށް 825 ކިލޯމީޓަރުގެ ދުރުމިން.

އަދީބު ޓަގު ބޯޓެއްގައި ފިލިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ތަހުގީގީ އިދާރާ އަކަށް އިއްޔެ މެންދުރު ހާޒިރުވާން އެންގި ކަމަށް ވޭ. އެ ގަޑި އަށް އެ އިދާރާ އަށް ހާޒިރުވާނެ ކަމަށް އަދީބު ވިދާޅުވި ނަމަވެސް އެކަމެއް ނުކުރެއްވި.

މި މައްސަލާގައި ދިވެހި ސަރުކާރުން އަދި އެއްވެސް ވާހަކައެއް ނުދައްކާ. ތަކުރާރުކޮށް މީޑިއާ އިން ގުޅުމުން ވެސް އަދީބު ފިލި މައްސަލާގައި ދިވެހި ސަރުކާރުގެ ކަމާ ގުޅޭ އެއްވެސް އިދާރާ އަކުން ވާހަކައެއް ނުދެއްކި.

އިންޑިއާގެ ޓުޓިކޮރިންގެ ފުލުހުން "މިހާރު" އަށް ކަށަވަރު ކޮށްދިން ގޮތުގައި އަދީބު މިވަގުތު ހުރީ އެ ތަނުގެ ބަނދަރުގައި އޮތް ޓަގް ބޯޓެެއްގައި. އިންޑިއާ ފުލުހުން ބުނާ ގޮތުގައި އެ މީހުންގެ ބެލުމުގެ ދަށަކަށް އަދީބު އަދި ނުގެންދޭ. އިންޑިއާގެ ފުލުހުން ބުނީ މިހާރު ދަނީ އަދީބާ ސުވާލު ކުރަމުން ކަމަށް.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަހްމަދު އަދީބު ކުއްލިއަކަށް "ގެއްލިއްޖެ" އެވެ.

އެނގިފައިވާ ގޮތުގައި، އިއްޔެ މެންދުރު ފަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައެއްގައި ތަހުގީގީ އިދާރާއަކަށް އޭނާ ހާޒިރުވާން އިއްޔެ އެންގި އެވެ. އެ ގަޑި އަށް އެތަނަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ވެސް އަދީބު ދެއްވި އެވެ. އެކަމަކު ތަހުގީގަށް ބަޔާން ދެއްވަން އޭނާ ވަޑައިނުގަންނަވާ ކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.

މިކަން މިގޮތަށް ހިނގާފައި ވަނިކޮށް، ކަނޑުމަގުން އަދީބު އިންޑިއާ އަށް އެތެރެވެގެން އުޅެނިކޮށް އަތުލައިގެންފައިވާ ކަމުގެ ޚަބަރުތަކެއް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ. އެކަމަކު ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާތަކުން މިކަން ކަށަވަރެއް ނުކޮށްދެ އެވެ.

އަދީބަށް އިއްވި ހުރިހާ ހުކުމްތަކުން މިދިޔަ މަހުގެ ތެރޭގައި އޭނާ މިނިވަންވެފައިވާތީ، ފުލުހުންނާއި ކަރެކްޝަނަލް ސާވިސް އިން ވެސް އޭނާ ބަލަހައްޓަމުން ނުދެ އެވެ. އެކަމަކު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.

އަދީބު އެންމެ ފަހުން ތަންފީޒުކުރަމުން ދިޔައީ ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅިގެން އިއްވި ގޭ ބަންދު ހުކުމެކެވެ. އަދީބަށް އެ ހުކުމް އައީ އައީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއްގައި ކޯޓުގެ ހުރުމަތް ކަނޑާލުމާ ގުޅިގެންނެވެ. ބޭސްފަރުވާ އަށް މިދިޔަ މަހުގެ ތެރޭގައި އިންޑިއާ އަށް ވަޑައިގަތުމުގެ ހުއްދަ އޭނާ އަށް ދިނީ ވެސް އެ ހުކުމް ތަންފީޒުކުރަމުން ދަނިކޮށެވެ.

ތިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ. އަދި ޚިޔާނާތުގެ މައްސަލަ ވެސް ހިމެނޭ ގޮތުން، އޭގެ ތެރެއިން ދެ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އެންގިޔަސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް މިހާރު ހުރި ގޮތަށް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި، އަނބުރާ ފޮނުވާލައިފަ އެވެ. އެހެންކަމުން އަދީބުގެ މައްޗަށް މިހާރު އެއްވެސް ދައުވާއެއް ނެތެވެ.

އެކަމަކު، ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ވެސް މި މައްސަލައިގަ އެވެ.