01 އޯގަސްޓް 2019 - 12:14

އައްޑޫ ގަން އިންޓަނެޝަނަލް އެއާޕޯޓްގެ ތެޔޮ ފާމް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ބުނީ އެއާޕޯޓްގައި މިހާރު ހުރި ތެޔޮ ފާމް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހިދުމަތް ފޯރުކޮށް ދެވޭނެ ގޮތަށް ތަރައްގީ ކުރަން ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އޭއައިއޭ އިން ބުނީ އެ މަސައްކަތް ބަޔަކާ ހަވާލު ކުރާ އިރު ފަންނުގެ ތަޖުރިބާ ހުރި ފަރާތަކަށް އިސްކަން ދޭނެ ކަމަށެވެ.
ގަން އެއާޕޯޓްގެ ތެޔޮ ފާމް ތަރައްގީ ކުރުމަކީ އެ އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްލޭނުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.
ގަމަށް މި ވަގުތު ޝެޑިއުލް ދަތުރުތައް ކުރަނީ މޯލްޑިވިއަން އާއި ސްރީ ލަންކަން އެއާލައިންސް އެކަނި ކަމަށް ވިޔަސް، ގަން އެއާޕޯޓަކީ އަބަދު ޕްރައިވެޓް ޖެޓްފަހަރު ކޮންމެ އަހަރަކު ވެސް ގިނަ އަދަދަކަށް ޖައްސާ ތަނެކެވެ.