01 އޯގަސްޓް 2019 - 10:51

ކަލަ ބޭންކުން ވިއްކާ ޖޯޓަން މެރިން ޕެއިންޓުގެ މައުލޫމާތު ދިނުމަށް ބޭއްވި ޖޯޓަން މެރިން ސެމިނާ ނިންމާލައިފި އެވެ.
ހޯމަ ދުވަހު ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި މި ސެމިނާގައި މޯލްޑިވްސް ބޯޓް އެސޯސިއޭޝަނުންގެ އޮފިޝަލުންނާއި ޖޯޓަން މެރިން ކޯޓިންގެ މެރިން ސޭލްސް މެނޭޖަރު މުހައްމަދު ހުސާމް އާއި ކަލަ ބޭންކްގެ މެނޭޖިން ޑިރެކްޓަރު އައްބާސް މުހައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.
ހުސާމް ވިދާޅުވީ މިއީ ކާމިޔާބު ސެމިނާއެއް ކަމަށެވެ.
މި ސެމިނާގައި ބައިވެރިންގެ މެދުގައި ލަކީ ޑްރޯއެއް ނަގައި ގުރުއަތުން ހޮވުނު ފަރާތަށް ދުބާއީ އަށް ޖޯޓަން ޓްރެއިނިން ދަތުރެއް ވަނީ ދީފަ އެވެ.
ޖޯޓަން މެރިން ކޯޓިން އަކީ އަލަށް ބަންނަ އަދި މަރާމާތުކުރާ އޮޑިދޯނި ފަހަރަށް ހާއްސަ އުފެއްދުންތަކެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ކަސްޓަމަރުންގެ އިތުބާރު ވެސް ޖޯޓަން މެރިން ކޯޓިންއަށް ލިބިފައިވެ އެވެ.