31 ޖުލައި 2019 - 19:08

ހަ ކިލޯގެ ޑްރަގްސްއާ އެކު އިއްޔެ ހައްޔަރުކުރި ފަސް މީހުންގެ ފޮޓޯ އާއި އެ މީހުންގެ ބައެއް މައުލޫމާތު ފުލުހުން މިއަދު ހާމަކޮށްފި އެވެ.
ފުލުހުންގެ އަޕަ ނޯތު ޑިވިޝަނުން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރޭގައި، މަސްތުވާތަކެތީ މައްސަލަތަކާއި މާރާމާރީ ފަދަ ކުށްތަކާ ގުޅިގެން މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހުން ވެސް ހިމެނެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މީގެ ތެރެއިން އެކަކީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ މީހެކެވެ.
ހައްޔަރުކުރި މީހުންނަކީ؛
މީނާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން އަށް ފަހަރަކު ހައްޔަރުކޮށްފައިވާ މީހެކެވެ. މީގެ އިތުރުން ޖަމާއަތް ހަދައިގެން ރޭޕްކުރުމުގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ. އަދި މާރާމާރީ ހިންގުމުގެ ދެ މައްސަލައަކާއި ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ، މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ބުނާ މީހާ އަކީ މިއީ ކަމަށް ވަނީ އެނގިފަ އެވެ.
މީނާ ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ނުވަ ފަހަރު ހައްޔަރުކޮށްފަ އެވެ. އަދި މާރާމާރީގެ މައްސަލައެއްގައި އެއްފަހަރު، ގަސްދުގައި މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގައި ވެސް އެއްފަހަރު ހައްޔަރުކޮށްފައިވެ އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ދެ ފަހަރު އަދި ގަވައިދާ ހިލާފުވުމުގެ މައްސަލައެއްގައި އެއްފަަހަރު މީހާ ހައްޔަރުކޮށްފައިވެ އެވެ. މީގެ އިތުރުން ގްރޫޕް ހަދައިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ވެސް އެއްފަހަރު ހައްޔަރުކޮށްފައިވެ އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން މީނާ ވަނީ އެއްފަހަރު ހައްޔަރުކޮށްފަ އެވެ. އަދި ވައްކަމުގެ މައްސަލަތަކުގައި ތިން ފަހަރު އަދި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލާގައި އެއްފަހަރު ވަނީ ހައްޔަރުކޮށްފަ އެވެ.
މަސްތުވާތަކެތީގެ މައްސަލާގައި އެއްފަހަރު އަދި ގޮވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި ވެސް އެއްފަހަރު މީނާ ވަނީ ހައްޔަރުކޮށްފަ އެވެ. މީނާގެ މައްޗަށް ސާބިތުވީ 2015 ވަނަ އަހަރު މުލިއާގެ ކައިރީގައި ބޮމެއް ބޭއްވުމެވެ. އެ މައްސަލާގައި އޭނާ އަށް އިއްވި 17 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށް މިނިވަންކުރީ މިދިޔަ އޮކްޓޫބަރު މަހު އެވެ.
މި އެންމެންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ. މި މީހުން ހައްޔަރުކުރި އިރު މަސްތުވާތަކެތި ފެނުނީ ކޮނޑުގައި އަޅުވައިގެން ތިބި ދަބަސްތަކުން ކަމަށް ވަނީ އެނގިފަ އެވެ. އަދި އެ މީހުން ބަންދުގެ މަޖިލީހުގައި ވަނީ، އެ މަސްތުވާތަކެއްޗަކީ އެތަނުން އެކެއްގެ އެއްޗެއް ކަމަށް ބުނެ އެ މީހާ އޭގެ ޒިންމާ ނަގައި ދެން ތިބި އެންމެން ސަލާމަތްކުރަން މަސައްކަތްކޮށްފަ އެވެ.