ލިކަމެކް ނައިޓްމާކެޓް މާދަމާ ނިމޭނެ
ލިކަމެކް ނައިޓްމާކެޓް މާދަމާ ނިމޭނެ

މިނިވަން ދުވަހާ ގުޅުވައިގެން ލިކަމެކުން ކުރިއަށްގެންދާ ނައިޓްމާކެޓް މާދަމާ ނިމޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި މަހުގެ 26 ވަނަ ދުވަހު ފެށި މި ނައިޓް މާކެޓް އޮންނަނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ރަސްފަންނު ސަރަހައްދުގަ އެވެ.

ލިކަމެކުން ބުނީ މި ނައިޓްމާކެޓަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ކަމަށެވެ. އެތަނުން ބުނި ގޮތުގައި
މިއީ މާލޭގައި ބޭއްވި އެންމެ އަގު ހެޔޮ ނައިޓް މާކެޓް ކަމަށް އެ ތަނަށް ޒިޔާރަތް ކުރާ މީހުން ބުނެ އެވެ.

މި ނައިޓްމާކެޓުގައި އެކި ބާވަތުގެ މުދާ ވިއްކުމުގެ އިތުރުން ފުޑް ސްޓޯލްތަކާއި ކެންޓީނު ވެސް ހިންގަ އެވެ.