އެމްއައިބީގެ އިތުރު ދެ އޭޓީއެމް ހުޅުވައިފި
އެމްއައިބީގެ އިތުރު ދެ އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިތުރު ދެ އޭޓީއެމް ބަހައްޓައި މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

އެމްއައިބީގެ އިތުރު ދެ އޭޓީއެމް ހުޅުވައިފި
އެމްއައިބީގެ އިތުރު ދެ އޭޓީއެމް ހުޅުވައިފި

މ. ފާމުދޭރިގޭގެ ތިރީގައި ބެހެއްޓި މި އޭޓީއެމްތަކުގެ ހިދުމަތް ފައްޓަވައިދެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަބުލް އިހްތިޝާމް އަބްދުލް މުހައިމިނެވެ. މި ދެ އޭޓީއެމްއާ އެކު އެ ބޭންކުގެ ފަސް އޭޓީއެމް މާލޭގައި މިހާރު ހުރެ އެވެ.

އަލަށް ބެހެއްޓި އޭޓީއެމުން ވެސް ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފާ ކުރުމުގެ އިތުރުން މިނީ ސްޓޭޓްމަންޓް ނެގުމާއި ފައިސާ ކާޑުގެ ޕިން ނަންބަރު ބަދަލު ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ. މީގެ އިތުރުން، ފައިސާ ޖަމާކުރުމުގެ ހިދުމަތް ވެސް ވަރަށް އަވަހަށް ދޭން ފަށާނެ ކަމަށް އެމްއައިބީން ބުންޏެވެ.

އެމްއައިބީގެ އޭޓިއެމްތަކުގައި، ލޯފަން މީހުންނަށް ވެސް އޭގެ ބޭނުން ކުރެވޭ ގޮތަށް، ބްރެއިލް ވެސް ހިމެނެ އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކުގައި އެމްއައިބީގެ 8 އޭޓީއެމް މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.