މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ވަޒީފާ ހޯދައިދިނުން: ނަޝީދު
މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ވަޒީފާ ހޯދައިދިނުން: ނަޝީދު

މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުން ކަމަށް ވާއިރު، އެކަން ކުރަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ވަޒީފާ ހޯދައިދިނުން: ނަޝީދު
މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ވަޒީފާ ހޯދައިދިނުން: ނަޝީދު

ޓޫރިޒަމްގެ ފަސް ވަނަ މާސްޓާ ޕްލޭން އެކުލަވައިލުން ފެށުމަށް ޓޫރިޒަމް މިނިސްޓްރީން ބޭއްވި ޖަލްސާގައި، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދަފްތަރުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވަމުން ނަޝީދު ވިދާޅުވީ، ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލަތުން އަރައިގަތުމަކީ މި ސަރުކާރު ވެރިކަމަށް އައި ސަބަބު ކަމަށެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ވަޒީފާ ހޯދައިދިނުން: ނަޝީދު
މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ވަޒީފާ ހޯދައިދިނުން: ނަޝީދު

"އެޖެންޑާ 19 ގެ މި ކެބިނެޓްގެ، މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ވަޒީފާގެ ފުރުސަތު ހޯދައިދިނުން. ޖީބަށް އެއްޗެއް ހޯދައިދިނުން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ފެން އަދި ކަރަންޓް ބިލް ނުދެއްކި އާންމުން އުޅޭ އުޅުން މި ސަރުކާރުން ބަދަލު ކުރާނެ އެވެ.

"ގޭގެ ކުލި ނުދެއްކި ގެއިން ނުކުންނާން ނުޖެހުން. އަޅުގަނޑުމެންނަށް ގޮތެއް ލިބެންޖެހޭ. މި ސަރުކާރު ދެމި މި އޮންނަނީ އިތުރު އެހެން އެއްވެސް ކަމެއްގައެއް ނޫން،" ރައްޔިތުންގެ ބޭނުންތައް ނުފުއްދޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ނަޝީދު ވިދާޅުވި ގޮތުގައި، މިހާރު ވެސް ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ސީދާ ގޮތުން މަސައްކަތް ކުރާ 12،000 އަށް ވުރެ ގިނަ ދިވެހިން އުޅެ އެވެ. އެހެންވެ، ސްކޫލު ނިމި، މަތީ ތައުލީމު ހާސިލްކުރުމަށް ފަހު ރިސޯޓުތަކުގައި މަސައްކަތް ކުރެވެން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ރާއްޖެ އަކީ ޖަޒީރާ ރަށްތަކެއް ހިމެނޭ ގައުމަކަށް ވާއިރު މިގައުމު ތަރައްގީ ކުރަންޖެހޭނީ އެ އުސޫލުން ކަމަށެވެ. ރަށްތައް އެންމެ ފުރިހަމަ އަށް ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށާއި އެއީ، މި ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ އެމްޑީޕން ރާއްޖޭގެ ރައްޔިތުންނަށް ހޯދައި ދޭން ބޭނުންވާ ހައްގެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރާއްޖޭގެ ރިސޯޓުތައް ހެދުން ވެސް އަދި އެ ރަށްތައް ތަރައްގީ ކުރުން ވެސް އެންމެ ބޮޑަށް ގުޅިފައި އޮތީ ވެރިކަމުގެ ނިޒާމާ،" ލާމަރުކަޒީ ނިޒާމަށް ގައުމު ހިންގުން ފުޅާކުރަންޖެހޭ ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ދިނުމާއި ދަތުރުފަތުރުގެ ނިޒާމް މި ސަރުކާރުންފުރިހަމަ ކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަޝީދު ފާހަގަކުރެއްވި މި ކަންކަމަކީ މި ސަރުކާރުން ކެމްޕެއިން ދުވަސްވަރުގައި ކުރުމަށް ވައުދުވެފައިވާ ކަންކަމެވެ