ގައުމީ ތަރިންނަށް ރަތް މަރުހަބާއެއް
ގައުމީ ތަރިންނަށް ރަތް މަރުހަބާއެއް

އައިއޯއައިޖީގެ ކުޅުންތެރިންނަށް މަރުހަބާ ކިޔުމުގެ ރަސްމިއްޔާތު ގައުމީ ސަލާމުން ނިންމާލައިފި.

ގައުމީ ތަރިންނަށް ރަތް މަރުހަބާއެއް
ގައުމީ ތަރިންނަށް ރަތް މަރުހަބާއެއް

ކުޅުންތެރިން މިހާރު ގެންދަނީ ގުރޫޕް ފޮޓޯ ނަގަމުން.

ގައުމީ ތަރިންނަށް ރަތް މަރުހަބާއެއް
ގައުމީ ތަރިންނަށް ރަތް މަރުހަބާއެއް

ރާއްޖޭގައި 2023 ގައި އައިއޯއައިޖީ ބާއްވާއިރު، އައިއޯއައިޖީގެ ދިދަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި. މި ދިދަ ރައީސަށް އެރުވީ މިނިސްޓަރު މަހްލޫފް.

ގައުމީ ތަރިންނަށް ރަތް މަރުހަބާއެއް
ގައުމީ ތަރިންނަށް ރަތް މަރުހަބާއެއް

މަހްލޫފް ވިދާޅުވީ، މި ކުރިއެރުމުގެ ނަތީޖާ ކުރިއަށް އޮތް ހަތަރު އަހަރު ފެންނާނެ ކަމަށް. އަދި ވިދާޅުވީ މީގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް. މަހްލޫފް ވިދާޅުވީ، މިއީ އައިއޯއައިޖީގެ މުބާރާތެއް ދިވެހިންނަށް ލައިވްކޮށް ފެނުނު ފުރަތަމަ ފަހަރު ކަމަށް.

ގައުމީ ތަރިންނަށް ރަތް މަރުހަބާއެއް
ގައުމީ ތަރިންނަށް ރަތް މަރުހަބާއެއް

މަހްލޫފް ވިދާޅުވީ، ކުޅުންތެރިން ކުޅުނީ ވަރަށް ޕްރެޝަރުގައި ކަމަށް. ވިދާޅުވީ ކުޅުންތެރިން ވަރަށް ގަދަ އަށް ކުޅުނު ކަމަށް. ވިދާޅުވީ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ނަމަ 30 މެޑަލް ވެސް ލިބޭނެ ކަމަށް. މަހްލޫފް ވިދާޅުވީ، ހުރިހާ ޝުކުރެއް ހައްގު ވަނީ ކުޅުންތެރިންނަށް. މަހްލޫފް ވިދާޅުވި ގޮތުގައި މިހާތަނަށް މި ނޫނީ ސަރުކާރަކުން މިހާ ބޮޑަށް އެއްބާރުލުން ދީފައި ނެތް ކަމަށް. އަދި މިއީ ފެށުން ކަމަށް އޭނާ ވިދާޅުވި.

ގައުމީ ތަރިންނަށް ރަތް މަރުހަބާއެއް
ގައުމީ ތަރިންނަށް ރަތް މަރުހަބާއެއް

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މަހްލޫފް ވާހަކަ ދައްކަވަނީ.

ގައުމީ ތަރިންނަށް ރަތް މަރުހަބާއެއް
ގައުމީ ތަރިންނަށް ރަތް މަރުހަބާއެއް

ރައީސް މިހާރު ގެންދަވަނީ އައިއޯއައިޖީ ގައި ބައިވެރިވި ހުރިހާ ކުޅުންތެރިންނާ ވަކިވަކިން ސަލާމް ކުރައްވައި މަރުހަބާ ދަންނަވަމުން.

ކުޅުންތެރިންނަށް މަރުހަބާ ކިޔުމުގެ ރަސްމިއްޔާތު ފަށައިފި. ފުރަތަމަ އޮތީ ޖަމާލުއްދީން ސްކޫލް ކުދިންގެ މަރުހަބާގެ ލަވައެއް ހުށަހަޅައި ދިނުން.

މެޑަލިސްޓުންނަށް ޖުމްހޫރީ މައިދާނުން ރަތްދޫލައިގެ މަރުހަބާ މިހާރު އަންނަނީ ކިޔަމުން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ގެންދަވަނީ ކުޅުންތެރިންނާ ސަލާމް ކުރައްވަމުން.

ކުޅުންތެރިން މިހާރު ދަނީ ރަސްމީ ފާލަމަށް ފައިބަމުން. ކޮންމެ ކުޅުންތެރިއަކަށް މާބޮނޑިއެއް ދެމުން. އެންމެ ކުރީގައި ތިބީ ދީމާ އާއި ރަފާ ނަބީހާ.

މަރުހަބާ ކިޔުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ވަޑައިގެންފައި. ކުޅުންތެރިން ދަތުރުކުރާ ފެރީތައް މިހާރު ވަނީ ރަސްމީ ފާލަމަށް ކައިރި ކޮށްފައި.

ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށް ޖުމްހޫރީ މައިދާންގައި އޮންނަ ރަސްމިއްޔާތަށް މިހާރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަޑައިގެންފައި. ކުޅުންތެރިން އިރުކޮޅެއްގެ ތެރޭގައި މާލެ އަށް އަންނާނެ. ކުޅުންތެރިން މާލެ އަންނާނީ އެމްޓީސީސީގެ ހަތަރު ފެރީއެއްގައި.

އައިއޯއައިޖީގެ ދިވެހި ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށްޓަކައި ޖުމްހޫރީ މައިދާން ސަރަހައްދަށް ގިނަ ބަޔަކު ވަނީ ޖަމާވެފައި. ގިނަ މީހުން ތިބީ ދިވެހި ގައުމީ ދިދައިގައި ހިމެނޭ ރަތްކުލައިގެ ހެދުން ލައިގެން އަދި ގައުމީ ދިދަ ހިފައިގެން. މަރުހަބާ ކިޔުމުގެ ރަސްމިއްޔާތުގައި މަރުހަބާގެ ލަވައެއް ހުށަހެޅުން އޮންނާނެ.

ކުޅުންތެރިން މަތިންދާ ބޯޓުން ފައިބައިގެން، މިހާރު ގެންދަނީ މަރުހަބާ ކިޔަން ދިޔަ މީހުންނާ ސަލާމް ކުރަމުން. ވީއައިޕީ ލައުންޖުގައި އިރުކޮޅަކު މަޑޫކުރުމަށް ފަހު ކުޅުންތެރިން މާލެ އަށް މިސްރާބު ޖަހާނެ.

ކުޅުންތެރިންނަށް ރަސްމީކޮށް މަރުހަބާ ކިޔުން އޮންނާނީ މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި. އިސްވެ މަރުހަބާ ވިދާޅުވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. އެމަނިކުފާނު ވަނީ މޮރިޝަސް އަށް ވަޑައިގެން ދިވެހި ކުޅުންތެރިންނަށް ހިތްވަރު ދެއްވުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައި.

އައިއޯއައިޖީގައި ބައިވެރިވި ދިވެހި ކުޅުންތެރިންނާ އެކު، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާ ބޯޓު މިހާރު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި. މި ބޯޓުގެ ބޭރުގައި، ދިވެހި ދިދައާ އެކު އައިއޯއައިޖީގެ ދިވެހި ޓީމަށް މަރުހަބާ ކިޔައި ލިޔެފައިވޭ. ގައުމީ އެއާލައިންގެ ކެޕްޓަނުން ފިޔަވައި ހުރިހާ ކްރޫން ވެސް ތިބީ ގައުމީ ޖާޒީގައި. މީގެ ތެރޭގައި ކެބިން ކްރޫއިންނާއި ގްރައުންޑް ހޭންޑްލިން ކްރޫން ވެސް ހިމެނޭ.

މޮރިޝަސް ގައި ބޭއްވި އިންޑިއަން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ބައިވެރިވެ، ރާއްޖެ އަށް ޝަރަފްވެރި ވަނަތައް ހޯދައިދިން ކުޅުންތެރިންނަށް ރާއްޖެ އަންނާތީ ބާއްވާ ރަސްމިއްޔާތުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

މި ފަހަރުގެ ގޭމްސް ގައި ރާއްޖެ އަށް މެޑަލް ހޯދައިދިން ކުޅިވަރުތަކަކީ ޓޭބަލް ޓެނިސް، ބެޑްމިންޓަން، ބީޗް ވޮލީ އަދި އެތުލެޓިކްސް. ރާއްޖޭގެ މި ފަހަރުގެ އަމާޒަކީ 15 މެޑަލް ކަމަށް ވާއިރު، ޓީމުތައް އެނބުރި މި އަންނަނީ އެ ކާމިޔާބީއާ އެކު.

ރާއްޖޭން ހޯދީ ހަތަރު ރަން މެޑަލް. އޭގެ ތެރެއިން ތިން ރަން މެޑަލް ހޯދައިދިނީ ޓޭބަލް ޓެނިހުން. އެއީ އަންހެން ސިންގަލްސް ބައިން ފާތިމަތު ދީމާ ހޯދި ރަން މެޑަލާއި ދީމާ އާއި ރަފާ ހޯދައިދިން ވިމެންސް ޑަބަލްސް ރަން މެޑެއްޔާއި އެ ދެ ކުޅުންތެރިންނާއި މުއީނާ މުހައްމަދު އަދި ފާތިމަތު ޖުމާލާ ނިމާލް ހިމެނިގެން އަންހެން ޓީމުން ހޯދި ވިމެންސް ޓީމުގެ ރަން މެޑަލް. ރާއްޖެ އަށް ދެން ލިބުނު ރަން މެޑަލް ހޯދައިދިނީ ބެޑްމިންޓަން ވިމެންސް ސިންގަލްސް ބައިން އައިމިނަތު ނަބީހާ އަބްދުއްރައްޒާގް. މިއީ، މިއީ ބެޑްމިންޓަން ތާރީހުގައި ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން ރަން މެޑެލް.

އައިއޯއައިޖީގައި ބައިވެރިވި ޓީމުތަކަށް ރަސްމީކޮށް މަރުހަބާ ވިދާޅުވާނީ މާލެ އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. އައިއޯއައިޖީގައި ބައިވެރިވި ޓީމުތައް ރާއްޖެ އަންނަނީ އެ މީހުން ބަލައި ދިޔަ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޚާއްސަ މަތިންދާބޯޓެއްގައި.

ކުޅުންތެރިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލޭގެ ޖުމްހޫރީ މައިދާނަށް އަންނާނީ ގައުމީ ދިދަ އިން ޒީނަތްތެރި ކޮށްފައިވާ ފެރީތަކުން. އެ މީހުންނަށް މަރުހަބާ ކިޔުމަށް