އައިއޯއައިޖީގެ ތަރިން ބަލައި މޯލްޑިވިއަން ދިޔައީ ގައުމީ ޖާޒީގައި
އައިއޯއައިޖީގެ ތަރިން ބަލައި މޯލްޑިވިއަން ދިޔައީ ގައުމީ ޖާޒީގައި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ބައިވެރިވި ރާއްޖޭގެ ޓީމަށް މަރުހަބާ ކިޔަން ތައްޔާރުވެފައި ވާއިރު އެ ޓީމު ބަލައި މޮރިޝަސް އަށް ދިޔަ މޯލްޑިވިއަންގެ ބޯޓާއި އޭގެ ކްރޫން ވެސް އެ ރަސްމިއްޔާތަށް ހާއްސަވެއްޖެ އެވެ.

އައިއޯއައިޖީގެ ތަރިން ބަލައި މޯލްޑިވިއަން ދިޔައީ ގައުމީ ޖާޒީގައި
އައިއޯއައިޖީގެ ތަރިން ބަލައި މޯލްޑިވިއަން ދިޔައީ ގައުމީ ޖާޒީގައި

މޮރިޝަސް އަށް ދިޔަ މޯލްޑިވިއަންގެ ބޯޓުގެ ބޭރުގައި، ދިވެހި ދިދައާ އެކު އައިއޯއައިޖީގެ ދިވެހި ޓީމަށް މަރުހަބާ ކިޔައި ލިޔެފައިވެ އެވެ.

އައިއޯއައިޖީގެ ޓީމް ރާއްޖެ އަށް އައުމަށް ހަމެޖެހިފައިވަނީ މިއަދު ހަވީރު 4:15 ގަ އެވެ.

ރާއްޖޭގެ ކޮންޓިންޖެންޓު ބަލާ ދިޔަ ގައުމީ އެއާލައިންގެ ކެޕްޓަނުން ފިޔަވައި ހުރިހާ ކްރޫން ވެސް ތިބީ ގައުމީ ޖާޒީގަ އެވެ. މީގެ ތެރޭގައި ކެބިން ކްރޫއިންނާއި ގްރައުންޑް ހޭންޑްލިން ކްރޫން ވެސް ހިމެނެ އެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އައިއޯއައިޖީގައި ބައިވެރިވި އެތުލީޓުންނަށް މަރުހަބާ ކިޔުމުގެ ގޮތުން މިއަދު މޯލްޑިވިއަންގެ ކްރޫއިންގެ އިތުރުން ހުރިހާ ސްޓާފުން ވެސް ތިބޭނީ ގައުމީ ކުލަތަކުގެ ހެދުމުގައި ކަމަށެވެ.

މިއަހަރު އައިއޯއައިޖީގެ ރާއްޖޭގެ ކޮންޓިންޖެންޓު މޮރިޝަސް އަށް ގެންދިޔައީ ވެސް މޯލްޑިވިއަނުންނެވެ. މިއީ ވިޔަފާރީގެ ހިދުމަތަކަށްވުރެ ގައުމީ ހިދުމަތެއް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވަނީ ބުނެފަ އެވެ.

މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގައި މިފަހަރު ރާއްޖެއިން ވަނީ 15 މެޑަލް ހޯދައިފަ އެވެ. މީގެ ތެރޭގައި ހަތަރު ރަން މެއްޑައްޔާއި ހަތަރު ރިހި މެޑަލްގެ އިތުރުން ހަތް ލޯ މެޑަލް ހިިމެނެ އެވެ. މިއީ މިހާތަނަށް ރާއްޖެއިިން އެންމެ ގިނަ މެޑަލް ކާމިޔާބުކުރި ފަހަރެވެ.