ރާއްޖެ އާއި ޖަޕާނާ ދެމެދު ސީދާ ދަތުރުތައް ސްރީ ލަންކަން އިން ފަށައިފި
ރާއްޖެ އާއި ޖަޕާނާ ދެމެދު ސީދާ ދަތުރުތައް ސްރީ ލަންކަން އިން ފަށައިފި

ރާއްޖެ އާއި ޖަޕާނާ ދެމެދު ސްރީލަންކަން އެއާލައިންސުން ސީދާ ދަތުރުތައް މިދިޔަ ބުރާސްފަތި ދުވަހު ފަށައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ނަރިތާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް ފަށާފައިވާއިރު މިއީ ރާއްޖެ އާއި ޖަޕާނާ ދެމެދު މި ގޮތަށް ދަތުރުތައް ބާއްވާ ފުރަތަމަ އެއާލައިނެވެ.

ރާއްޖެ އާއި ޖަޕާނާ ދެމެދު ކޮންމެ ހަފްތާއަކު ހަތަރު ފްލައިޓް ސްރީ ލަންކަން އެއާލައިންސުން ބާއްވާނެ އެވެ.

ޖަޕާނަކީ ރާއްޖެ އަށް ނުވަ ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން 42,304 ޓޫރިސްޓުން ޖަޕާނުން ރާއްޖެ އައިސްފައި ވެ އެވެ.

ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލަންކާ އަށް ކޮންމެ ދުވަހަކު އޮވެ އެވެ. އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ލަންކާ އަށް ހަފްތާ އަކު ހަ ފްލައިޓް ބާއްވަ އެވެ.