27 ޖުލައި 2019 - 13:09

ކޯސްޓްގާޑުގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ސިފައިންގެ ވަޒީފާ އިން ރިޓަޔަކުރައްވައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ސިފައިންގޭގައި 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށް ފަހު ޝަރަފުވެރިކަމާ އެކު ޒުހައިރު ރިޓަޔާ ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ރިޓަޔާމަންޓް ގަވައިދު ބުނާ ގޮތުން ޝަރަފުވެރިކަމާ އެކު ސިފަިއންގެ ވަޒީފާ އިން ރިޓަޔަ ކުރެވޭނީ 20 އަހަރުވުމުންނެވެ.
އެކަމަކު، މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް ލިބިފައެއް ނުވެ އެވެ.
އެކަމަކު، އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިންގެ ވަޒީފާ ދިނުމާއި ވަޒީފާ އިން ވަކިވުމަކީ ސީދާ އެ މީހެއްގެ އިދާރީ ކަންކަމާ ގުޅުން ހުރި ކަމެއް ކަމަށެވެ.
ޒުހައިރަކީ ކޯސްޓްގާޑުގެ ކޮމަންޑަރުގެ އިތުރުން ސިފައިން ވެލްފައާ ކޮމްޕެނީ (ސިވެކް)ގެ ޗެއާމަން އެވެ.