އައިއޯއައިޖީ 2023 ގައި ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިއްޖެ! މަރުހަބާ!
އައިއޯއައިޖީ 2023 ގައި ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިއްޖެ! މަރުހަބާ!

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ކުޅިވަރު މުބާރާތް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ބޭއްވުމުގެ ފުރުސަތު ދިވެހިރާއްޖެ އަށް ލިބި، ދިވެހި ކުޅިވަރުގެ ތާރީހުގައި މުޅިން އައު ސޮފުހާއެއް މިއަދު ލިޔެވެން ފަށައިފި އެވެ.

އައިއޯއައިޖީ 2023 ގައި ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިއްޖެ! މަރުހަބާ!
އައިއޯއައިޖީ 2023 ގައި ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިއްޖެ! މަރުހަބާ!

މިއީ ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނު ބައިނަލްއަގްވާމީ ފުރަތަމަ ކުޅިވަރު ގޭމްސް އެވެ. އެހެންވެ މިކަން ވެގެންދާނީ ރާއްޖޭގައި ރަސްމީކޮށް ކުޅިވަރު ކުޅެންފެށިތާ މިވީ އަށްޑިހަވަރަކަށް އަހަރުގެ ތެރޭގައި ދިވެހި ކުޅިވަރަށް ލިބުނު އެންމެ ބޮޑު ޝަރަފަށެވެ.

އައިއޯއައިޖީ 2023 ގައި ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިއްޖެ! މަރުހަބާ!
އައިއޯއައިޖީ 2023 ގައި ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިއްޖެ! މަރުހަބާ!

ރާއްޖޭގެން މި ޝަރަފް ހޯދީ، މި ސަރަހައްދުގެ އެންމެ ބޮޑު ޖަޒީރާ ކަމަށްވާ މަޑަގަސްރަކައާ އައި ކޮމޮރޯސްއާ ވާދަކޮށްގެންނެވެ. މޮރިޝަސްގައި މިހާރު ކުރިއަށްދާ މި އަހަރުގެ އައިއޯއައިޖީގެ ހަވާސާގެ ތެރެއިން، އެ ގައުމުގެ އިންޓަކޮންޓިނެންޓަލް ހޮޓުގައި މިއަދު ހެނދުނު ބޭއްވި ކޯޖީގެ ކައުންސިލް ބައްދަލުވުމުގައި ނެގި ވޯޓުގައި ރާއްޖެ އަށް ހަތަރު ގައުމެއްގެ ތާއީދު ލިބުނުއިރު، މަޑަގަސްކަރަ އާއި ކޮމޮރޯސް އަށް، ކޮންމެ ގައުމަކަށް ލިބުނީ އެއް ވޯޓެވެ.

އައިއޯއައިޖީ 2023 ގައި ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިއްޖެ! މަރުހަބާ!
އައިއޯއައިޖީ 2023 ގައި ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިއްޖެ! މަރުހަބާ!

މި ޝަރަފާއި ފަހުރު ރާއްޖެ އަށް ލިބުނުކަން އިއުލާންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ އެކަން މި އިއުލާންކުރައްވަނީ މަތިވެރި ޝަރަފަކާ އެކު ކަމަށާއި ރާއްޖޭން މިދިޔަ 10 ގޭމްސްގައި ބައިވެރިވުމާ އެކު މިއީ، އެ ޖަޒީރާތަކުން ލިބުނު މެހެމާންދާރީގެ ބަދަލު ރާއްޖޭން އަނބުރާ ދޭން ހައްގު ވަގުތު ކަމަށެވެ.

އައިއޯއައިޖީ 2023 ގައި ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިއްޖެ! މަރުހަބާ!
އައިއޯއައިޖީ 2023 ގައި ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިއްޖެ! މަރުހަބާ!

ރާއްޖޭގައި މި ގޭމްސް ބާއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހިޔާލުދެއްވީ މި އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެމަނިކުފާނާ އެކު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. އެ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު އެ ދުވަހު ހިޔާލު ދެއްވީ ކޮމިޓީއެއް ނަގައި، ރާއްޖޭގައި މިހާރު ހުރި ވަސީލަތްތައް ބަލައި ދެން ބޭނުންވާ ވަސީލަތްތަކަކީ ކޮބައިތޯ ބަލައި ފެންވަރު ރަނގަޅު ބިޑެއް ކުރުމަށެވެ.

ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ހިމެނޭ ކަމަކަށްވާތީ އެކަމަށް ރައީސް ވަގުތުން ވަގުތަށް ތާއީދުދެއްވި އެވެ. އަދި ވަގުތުން މަސައްކަތް ފަށައިގަތުމަށް ކުޅިވަރުގެ ހުރިހާ ދާއިރާއަކަށް ލަފާދެއްވައި ސްޕޯޓްސް މިނިސްޓްރީން އެކަމަށް ފާރަވެރިވި އެވެ.

އަދި ރާއްޖޭގެ ބިޑަށް ސަރަހައްދުގެ ގައުމުތަކުގެ ތާއީދު ހޯދުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ގައުމުތަކަށް މީގެ ދެ ހަފުތާ ކުރިން ޒިޔާރަތްކުރެއްވި އެވެ. މި ދަތުރުފުޅުގެ ތެރެއިން ސީޝެލްސް އަށް ވަޑައިގެން ކުރެއްވި މަސައްކަތުން، އެ ގައުމުގެ ތާއީދު ރާއްޖެ ވަނީ ލިބުނެވެ. އަދި މަޑަގަސްކަރައިގައި މީގެ ކުރިން ދެ ފަހަރު ގޭމްސް ބާއްވާފައިވާތީ، އަލަށް ބާއްވަން މަސައްކަތްކުރާ ގައުމަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ރާއްޖެ އަށް ތާއީދު ދޭން ރާއްޖޭން އެ ގައުމުގައި އެދުނެވެ.

ރާއްޖޭގެ ވަސީލަތްތައް ބަލަން އައި އައިއޯއައިޖީގެ ޑެލިގޭޝަނުގެ ޒިޔާރަތަށް ފަހު ގޭމްސް ކޮމިޝަންގެ ރައީސް އަދި ސީޝެލްސްގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އެންޓޯނިއޯ ގޯޕާލް ވިދާޅުވީ ރާއްޖެ އަށް ބިޑް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އައިއޯއައިޖީ ބޭއްވުމަށް ލިބޭ އެންމެ ބޮޑު ފަސޭހަ އަކީ ސަރުކާރުގެ ޑިވެލޮމްޕަންޓް ޕްލޭނެވެ. އެ ޕްލޭނުގައިވާ ގޮތުން ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލައިގެން ތަރައްގީކުރާއިރު ކުޅިވަރުގެ އިންފްރާސްޓްރަކްޗާގެ ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ. އަދި އެކި ކުޅިވަރުތަކުގެ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނައިރު، އެ މުބާރާތްތައް ކުރިއަށްދާނީ ހަމައެކަނި މާލޭގެ ބަދަލުގައި ރާއްޖޭގެ އެކި ހިސާބުތަކުގަ އެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި ރާއްޖެ އަށް ފުރުސަތު ލިބުނަސް ވަސީލަތްތައް ގާއިމްކުރުމަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ނުކުރާނެ ކަމަށާއި އެކަމަކު ކުޅުންތެރިން ތައްޔާރުކުރުމަށް ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެކަމަށް ބޭނުންވާ ކުޅިވަރު ސްޓޭޑިއަމްތަކާއި، ދަނޑުތަކާއި، ކުޅިވަރު ކޯޓުތައް ހަދާނީ ކިހިނެއްތޯ ސުވާލު އުފެދިދާނެ ކަމަށާއި އަދި އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ މާލީ ތަނަވަސްކަން، ރާއްޖޭގައި އެބަހުރިތޯ ވެސް ސުވާލުކުރުން އެކަށީގެންވާ ކަމަށެވެ.

"އަޅުގަނޑުމެން ސީދާ އެ މުބާރާތަށް އަމާޒުކޮށްގެން، ބޮޑެތި ހަރަދުތަކެއް ކުރާކަށް ގަސްދެއްނުކުރަން. އަޅުގަނޑުގެ ވިސްނުންހުރީ ރާއްޖޭގެ ގައުމީ ތަރައްގީގެ މަޝްރޫއުތަކާ ގުޅުވައިގެން، އެ މުބާރާތް ރާއްޖޭގައި ބޭއްވުން. އަޅުގަނޑުމެންގެ ވައުދުތައް ފުދިގެންދާއިރު، ގައުމަށް އެ އަންނަ ކުރިއެރުމަކީ، މި މުބާރާތަށް މަގު ކޮށައިދޭނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

އަދި ސަރުކާރުން ގަސްދުކޮށްފައި އޮތީ ގޭމްސް އަށް ދިވެހި ކުޅުންތެރިން ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ދުރާލައި ފަށަން ކަމަށާއި މި އަހަރުގެ މުބާރާތް ނިމުމާއެކު، މާތްﷲގެ ވާގިފުޅާއެކު، ހަތަރު އަހަރުގެ މުއްދަތަށް ހިންގާ ޕްރޮގްރާމެއްގެ ގޮތުގައި އެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މި އަހަރުގެ އައިއޯއައިޖީ ބާއްވަން 2015 ވަނަ އަހަރު ރާއްޖޭން ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު ވަގުތު ނެތުމާއި ސަރުކާރުގެ މާބޮޑު އެއްބާރުލުމެއް ނުލިބުމުން ކުރިއަށް ނުދިއައީ އެވެ.

ރާއްޖޭގައި މިހާތަނަށް އެކި ކުޅިވަރުތައް ހިމެނޭ އެއްވެސް ފެންވަރެއްގެ ބައިނަލްއަގްވާމީ މުބާރާތެއް ބާއްވާފައެއް ނުވެ އެވެ. ވަކި ކުޅިވަރުތަކަށް ބަލާއިރު އެންމެ ބޮޑު މުބާރާތަކަށް ބޭއްވީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތާއި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެވެ. މީގެ ތެރެއިން ސާފް ޗެމްޕިއަންޝިޕް ބޭއްވީ ސްރީ ލަންކާއާ ގުޅިގެން، މާލޭގައި އެއް ގްރޫޕުގެ މެޗުތަކާއި ސެމީ ފައިނަލް މެޗެއް ކުޅޭ ގޮތަށެވެ. އެކަމަކު ޗެލެންޖް ކަޕް ބޭއްވީ މުޅި މުބާރާތް ރާއްޖޭގަ އެވެ. މާލޭގައި އެއް ގްރޫޕް ކުޅުނުއިރު އަނެއް ގްރޫޕުގެ މެޗުތައް އޮތީ އައްޑޫ ސިޓީގަ އެވެ.

މި ގޭމްސް އަކީ އެފްރިކާގެ އިރުމަތީ ބިތުގައި، އިންޑިއާ ކަނޑަށް ނިސްބަތްވާ ގޮތަށް އޮންނަ ޖަޒީރާ ގައުމުތަކުގެ މެދުގައި 1979 ވަނަ އަހަރުން ފެށިގެން އަންނަ ބޮޑު ކުޅިވަރު ހަރަކާތެކެވެ. ގޭމްސް ބާއްވާފައިވާ ގައުމުތަކަކީ ރިޔޫނިއަން އައިލެންޑްސް، މޮރިޝަސް، މަޑަގަސްކަރަ އަދި ސީޝެލްސް އެވެ. މީގެ ތެރެއިން 1993 އަދި 2011 ވަނަ އަހަރު ގޭމްސް ބޭއްވި ސީޝެލްސް އަކީ ލައްކައެއްހާ މީހުން ދިރިއުޅޭ ރާއްޖެ ފަދަ ޖަޒީރާއެކެވެ. ގޭމްސްގައި އާއްމުކޮށް ބާއްވަނީ 10 ނުވަތަ 12 ކުޅިވަރެވެ.

މި ގޭމްސް އަކީ ބައިނަލްއަގްވަމީ މައިދާނުގައި ރާއްޖެ އަށް އެންމެ ކާމިޔާބު ކުޅިވަރު ހަރަކާތެކެވެ. އެގޮތުން ރާއްޖެ އަށް ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް މުބާރާތެއްގައި ލިބުނު ފުރަތަމަ ރަން މެޑަލް ދުވުންތެރިޔާ ހަސަން ސާއިދު ހޯދީ 2015 ވަނަ އަހަރުގެ ގޭމްސްގައި 100 މީޓަރު ދުވުމުންނެވެ. މި އަހަރުގެ ގޭމްސްގައި ރާއްޖޭން މިހާތަނަށް ވަނީ 13 މެޑަލް ހޯދައިފަ އެވެ. އޭގެ ތެރޭގައި ޓޭބަލް ޓެނިސް އަންހެން ޓީމު ހޯދި ރަން މެޑެއްޔާއި އަންހެން ޑަބަލްސް އިން އައިޝަތު ރަފަ ނާޒިމާއި ފާތިމަތު ދީމާ އަލީ ހޯދި ރަން މެޑެއްޔާއި ބެޑްމިންޓަން ވިމެންސް ސިންގަލްސް އިން އައިމިނަތު ނަބީހާ އަބްދުއްރައްޒާގް ހޯދި ރަން މެޑަލް ހިމެނެ އެވެ.