ތުންފަތް ހިކޭ ނަމަ ކުރެވިދާނެ ބައެއް ފަރުވާ
ތުންފަތް ހިކޭ ނަމަ ކުރެވިދާނެ ބައެއް ފަރުވާ

ތުންފަތް ހިކުމަކީ ކޮންމެ މީހަކަށް ވެސް އުމުރުގެ ކޮންމެވެސް ހިސާބަކުން ކުރިމަތިލާންޖެހޭ ކަމެކެވެ. އަދި އެކި މީހުންގެ ތުންފަތް ހިކެން ދިމާވާ ސަބަބުތައް ވެސް ތަފާތެވެ.

ބައެއްފަހަރު ތުންފަތް ހިކެނީ މާބޮޑަށް މާހައުލު ފިނިވުމުގެ ސަބަބުން ނުވަތަ ހޫނުވުމުގެ ސަބަބުންނެވެ. ބައެއްފަހަރު ބޭނުންކުރެވޭ ބޭހެއްގެ ސަބަބުންނެވެ. އަދި ތުންފަތުގައި ދޫ ކޭއްތުމަކީ ވެސް އެންމެ ގިނައިން މިހެން ދިމާވާ އެއް ސަބަބެވެ. މައްސަލަ މާ ސީރިއަސް ނަމަ ހަމުގެ ޑޮކްޓަރަކަށް ދައްކައިގެން ފަރުވާ ހޯދުން ބުއްދިވެރި އެވެ.

ތުންފަތް ހިކުމުގެ އާދައިގެ މައްސަލަތަކުގައި ބައެއްކަހަލަ އަމިއްލަ ފަރުވާއިން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅު ކުރެވިދާނެ އެވެ.

ތިރީގައި މިހިމަނާލަނީ ތުންފަތަށް ފަރުވާދިނުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

ތުންފަތަކީ ތެތްކަން ވަރަށް ފަސޭހައިން ދާ ގުނަވަނެކެވެ. ތުންފަތުގެ މަތީގައި ހުންނަ ތުނި ހަންގަނޑަށް ބާރުވެ ފަސޭހައިން ފަޅައިގެންދާ ގޮތް މެދުވެރިވެ އެވެ. ކިތަންމެ އަތްމުނިމުނި ކެވިއަސް ތުންފަތް ހިކިފައި ހުންނައިރު ހަންނުނޮޅާށެވެ. އެއިރުން އިތުރަށް ހަލާކުވެ ލޭ ހިލޭނެ އެވެ. އޭގެ ބަދަލުގައި ކުރަންވީ ކަމަކީ ގިނައިން ފެނާއި ދިޔާއެއްޗެހި ބޮއިގެން ތުންފަތް ހިކުނަ ނުދީ ތެތްކަން ދެމެހެއްޓުމަށެވެ.

އިރުއިރުކޮޅުން ތުންފަތުގައި ދޫކާއްތައިލުމަކީ ގިނަ މީހުންނަށް އާދަވެފައިވާ ކަމެކެވެ. ހާއްސަކޮށް، ހިކިފައި ހުރެއްޖެ ނަމަ ތެންމާލެވެ އެވެ. މިގޮތަށް ދޫކާއްތާ ނަމަ ކުޅު ހިކޭއިރު މާބޮޑަށް ތުންފަތް ހިކޭނެ އެވެ.

އޮފް ހުންނަ ލިޕްސްޓިކާއި ލިޕްގްލޮސް ތުންފަތަށް ރައްކާތެރިއެއް ނޫނެވެ. އެއީ އޭގެ ސަބަބުން ޔޫވީ އަލީގެ އަސަރު ބޮޑަށް ކުރާނެތީ އެވެ. އެކަމަކު ބައެއްފަހަރު، ހިކިފައި ހުންނަ ތުންފަތަށް ފަރުވާ ލިބެނީ އަލްކަހޯލް ބޭނުންކޮށްގެން ހަދާފައި މިހުންނަ ކްރީމާއި އޮއިންޓްމެންޓްގެ ސަބަބުންނެވެ. މިހެންވެ "ޑިވައިން މޭކަޕް" ގެ ބާނީ ލަފާދެނީ ތުންފަތް ތެތްކޮށް ބެހެއްޓުމަށް ކޮންމެ ކޮންމެ ބާވަތެއް ބޭނުންކުރުމުގެ ބަދަލުގައި ފެންވަރު ރަނގަޅު އިތުބާރު ހުރި ބްރޭންޑްތައް ބޭނުން ކުރުމަށެވެ.

ހިކިފައި ހުންނަ ތުންފަތް އަވަހަށް ފަސޭހަ ކުރުމަށް، އެކަމަށް ހާއްސަ އިތުބާރު ހިފޭ ލިޕް ބާމެއް ބޭނުންކުރަން ފަށާށެވެ. "އޯކީފް" ލިޕް ރިޕެއާ ބާމްއަކީ އެއްވެސް ވަރަކަށް ހުވަނދުގެ ވަސް ނުހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ވަރަށް ރަނގަޅު ބްރޭންޑެކެވެ. އެއްފަހަރު އުނގުޅާލުމަށްފަހު، ކެއުން ބުއިމަށް ފަހު ވެސް އޭގެ އަސަރު ނުކެނޑި ދެމިހުންނާނެ އެވެ.

ލިޕްސީލްސް އަކީ ޝިއާ ބަޓަރާއި ވިޓަމިން އީ އަދި އެލޯވެރާ ބޭނުންކޮށްގެން ތައްޔާރުކުރެވިފައިވާ ބާވަތެކެވެ. ކާމެކްސް އަކީ ވެސް ތުންފަތް މަޑުކޮށްދީ ތެތްކަން ދަމަހައްޓަން ވަރަށް ރަނގަޅު ބްރޭންޑެކެވެ.