26 ޖުލައި 2019 - 23:42

ސައިކްލަތަކާއި ބައިސިކަލްތަކަށް ހާއްސަ ކޮށްގެން ސަންފްރަންޓުން އާ ޝޯރޫމެއް މާލޭގައި މިއަދު ހުޅުވައިފި އެވެ.

"ސަންފްރަންޓް ބައިކްސް" ޝޯރޫމް ހުޅުވުމާ ދިމާކޮށް މިއަދު ހަވީރު ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވައިފަ އެވެ.

ސަންފްރަންޓުގެ މާކެޓިން އެގްޒެކެޓިވް މުހައްމަދު ނިހާލް ވިދާޅުވީ، އެއީ މިއަދު ފާހަގަކުރާ މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ ޝޯރޫމުން ވެސް ސަންފްރަންޓް ބައިކްސްގެ ކުރީގެ ޝޯރޫމުން ލިބުނު ހުރިހާ ހިދުމަތެއް ލިބޭނެ އެވެ.
ސަންފްރޮންޓް ބައިކްސް އިން ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ އެކި ބްރޭންޑްތަކުގެ ބައިސިކަލް ލިބެން ހުރެ އެވެ. މީގެ އިތުރުން ތިމާވެއްޓާ ރަހުމަތްތެރި ސައިކަލާއި ތުއްތު ކުދިންގެ ސްޓްރޯލާތައް ފަދަ ސާމާނު މި ފިހާރަ އިން ލިބޭނެ އެވެ.