ހައްޖަށް ދިޔަ ދިވެއްސަކު ރޭ ނިޔާވެއްޖެ
ހައްޖަށް ދިޔަ ދިވެއްސަކު ރޭ ނިޔާވެއްޖެ

ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ދިވެއްސަކު ރޭ ނިޔާވެއްޖެ އެވެ.

މައްކާގެ މުސްތަޝްފާ އަލް މަލިކް ފައިސަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވީ ރ. ހުޅުދުއްފާރު، ކަނޑުފިނިގެ، ޖަމީލާ މުހައްމަަދު، 51، އެވެ. އޭނާ ހައްޖަށް ދިޔައީ އޭކްރޯ ގްރޫޕްގެ ހަވާލުގަ އެވެ.

ހާލު ދެރަވަގެން މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ޖަމީލާ އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައިވެ އެވެ.

އޭކްރޯ ހައްޖު ގްރޫޕުން ބުނިގޮތުގައި ކަށުކަމާކެމީގެ ކަންތައްތައް މިހާރު ކުރިއަށްދާއިރު އަސްރު ނަމާދަށްފަހު ޖަމީލާގެ މައްޗަށް ކަށުނަމާދު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހާޓް އެޓޭކެއް ޖެހިގެން މިނާގައި އިއްޔެ އެހެން ދިވެއްސަކު ވެސް ވަނީ ނިޔާވެފަ އެވެ.

ހައްޖުގެ އަޅުކަން އަދާކުރަން ޖުމްލަ 2،000 ދިވެހިން މިފަހަރު ސައުދީ އަށް ދިޔަ އެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއް ބައި ހައްޖު ކޯޕަރޭޝަނުން ގެންދިޔައިރު، ބާކީ ތިބި މީހުން ދިޔައީ އަމިއްލަ ފަސް ކުންފުންޏެއްގެ ހަވާލުގަ އެވެ.