23 ޖުލައި 2019 - 23:52

ވިމެން އޮން ބޯޑު (ވޮބް) ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު، ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާ އަނީސާ އަހުމަދަށް މިއަދު އަރުވައިފި އެވެ.

ތަފާތު އެކި ދާއިރާއިން ފާހަގަކޮށްލެވޭ އަންހެނުންނަށް މީގެ ހަތަރު އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑު، މި ފަހަރު 23 ބޭފުޅަކަށް އަދި ކުންފުންޏަށް ދީފައި ވެ އެވެ.
ކުރުނބާ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި، އަންހެނުންނަށް ފުރުސަތުދީގެން އެކުލަވާލާފައިވާ ބޯޑަކަށް ހޮވާފައިވަނީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހެވެ. އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އަށް ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅަކީ އަންހެނުންނެވެ.
1- ނާދިޔާ ހަސަން، ޕަބްލިކް ސެކްޓާ އިން އެންމެ ރަނގަޅު ސީއީއޯ.
2- ފާތިމަތު އާމިރާ، ތައުލީމީ ދާއިރާ އަށް ހިދުމަތް ކުރުމުގެ ރޮނގުން.
3- އާތިފާ އަލީ، ޕަބްލިކް ސެކްޓާއިން އެންމެ މޮޅު އަންހެން ޗެއާޕާސަން.
4- ފަރީހާ ޝަރީފް، ޕްރައިވެޓް ސެކްޓާއިން އެންމެ މޮޅު އަންހެން ޗެއާޕާސަން.
5- ފާތިމަތު ރަޒީނާ، އެންމެ މޮޅު އަންހެން މެނޭޖަރު.
6- ނިއުމާތު ޝަފީގް، ތައުލީމީ ދާއިރާއަށް ހިދުމަތް ކުރުމުގެ ރޮނގުން.
7- ފާތިމަތު އާޝަން، އެންމެ މޮޅު އަންހެން މެނޭޖަރު.
8- ލީނާ މުހައްމަދު ޒާހިރު ހުސައިން، އެންމެ މޮޅު އަންހެން މެނޭޖަރު
9- ހައްވާ ސަފްނާ، އެންމެ މޮޅު ޒުވާން މަސައްކަތްތެރިޔާ.
10- ފާތިމަތު ނަޝްވާ، އެންމެ މޮޅު ޒުވާން މަސައްކަތްތެރިޔާ.
11- ސަފާތު އަހުމަދު ޒާހިރު، އެންމެ މޮޅު ޒުވާން މަސައްކަތްތެރިޔާ.
12- ފާތިމަތު ޖީހާން ސަލީމް، އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ރޮނގުން.
13- ޝިފްލާ އިބްރާހިމް، ނޫސްވެރިކަމުގެ ދާއިރާއިން.
14- ސުއިޒާ އިބްރާހިމް، ޕްރައިވެޓް ސެކްޓާ އިން އެންމެ މޮޅު ސީއީއޯ.
15- އާމިނަތު ނަޝީދާ އަބޫބަކުރު، ޕްރައިވެޓް ސެކްޓާ އިން އެންމެ މޮޅު ސީއީއޯ.
16- އާއިޝަތު ޝަމްލާ، ޕްރައިވެޓް ސެކްޓާ އިން އެންމެ މޮޅު ސީއީއޯ.
17- ފާތިމަތު ލިއުޝާ، އެންމެ މޮޅު އަންހެން ކޮމްޕެނީ ސެކްރެޓަރީ.
18- ޒޫނާ ނަސީމް، ކުޅިވަރުގެ ރޮނގުން.
19- އަނީސާ ސައީދު، މުނިފޫހިފިލުވުމާއި އާޓްސްގެ ދާއިރާއިން.
20- ފާތިމަތު އަފްރީން، އިސްލާމިކް ފައިނޭންސްގެ ރޮނގުން.
21- އާމިނަތު ވަހީދާ، ސިއްހީ ދާއިރާއިން ހިދުމަތްކުރުމުގެ ރޮނގުން.
22- ސަލްވާ ޝަފީގް، ޕަބްލިކް ސާވިސްގެ ދާއިރާއިން.
23- އާމިނަތު ފަހީމް، ފެމެލީ މެނޭޖްމަންޓް/ ހޯމް މޭކާގެ ދާއިރާއިން.
އެވޯޑު ލިބުނު ބޭފުޅުންނަށް ސެޓްފިކެޓަކާއި އެވޯޑެއް ދީފައި ވެ އެވެ. އެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިތުރުން އަންހެނުންގެ ހައްގުތަކުގައި މަސައްކަތްކުރަމުން އަންނަ އެކި ބޭފުޅުން ބައިވެރިވެވަޑައިގެންފައި ވެ އެވެ.