މަޝްހޫރު ނަންތަކާ އެކު "ސިންގް" ޑިސެމްބަރު 21 ގައި
މަޝްހޫރު ނަންތަކާ އެކު "ސިންގް" ޑިސެމްބަރު 21 ގައި

އެނިމޭޓެޑް ފިލްމުތަކަށް ލޯބިކުރާ މީހުން މި ފިލްމް ވެސް ނުބަލައި ދޫކޮށްލައިގެން ނުވާނެ އެވެ. އަނެއްކޮޅުން ފިލްމް ބެލުންތެރިންނާ ހަމައަށް މި އަންނަނީ އޭ ލިސްޓް ތަރިންގެ ނަންތަކާ އެކުގަ އެވެ.

މަޝްހޫރު ނަންތަކާ އެކު "ސިންގް" ޑިސެމްބަރު 21 ގައި
މަޝްހޫރު ނަންތަކާ އެކު "ސިންގް" ޑިސެމްބަރު 21 ގައި

އަންނަ ޑިސެމްބަރު މަހުގެ 21 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ މިއުޒިކަލް ކޮމެޑީ "ސިންގް" އަކީ އަނެއްކާ ވެސް ޖަނާވަރުންގެ ލޯބިލޯބި ކެރެކްޓާތަކެއް ފެނިގެން ދާނެ ފިލްމެކެވެ.

މީގައި ހިމެނޭ ކެރެކްޓާތަކަށް އަޑު އަޅައިދީފައިވާ ތަރިންގެ ތެރޭގައި މެތިން މެކޮނޮހޭ، ސްކާލެޓް ޖޮހަންސަން، ރީޒް ވިދަސްޕޫން އަދި ސެތު މެކްފާލޭން ފާހަގަކޮށްލެވެ އެވެ.

"ސިންގް" އާ ބެހޭ ގޮތުން ސްކާލެޓް ބުނީ މިއީ އޭނާގެ ދަރިފުޅަށް ބަލައިލެވޭނެ މަންމަގެ ދެވަނަ ފިލްމް ކަމަށެވެ. މީގެ ކުރިން އޭނާ އަޑު އަޅައި ދިން "ދަ ސްޕޮންޖްބޮބް ސްކެއާ ޕޭންޓްސް މޫވީ" އަކީ ސްކާލެޓްގެ ދެ އަހަރުގެ ދަރިފުޅަށް ވަރަށް ކަމުދިޔަ ފިލްމެކެވެ.

ގާތު ޖެނިންސް ލިޔެ، ޑައިރެކްޓްކޮށްފައިވާ "ސިންގް" ކިޔައި ދޭނީ ދުވަސްތަކެއް ވަންދެން ހިންގަމުން ދިޔަ ކާމިޔާބު ތިއޭޓަރެއް ބަންދު ކުރަން ޖެހުމުން އެކަމުގައި އިސްކޮށް އުޅޭ މީހުން ފައިސާ ހޯދަން ބާއްވާ ލަވަ މުބާރާތެއްގެ ތެރެއިން ހިނގާ ހެއްވާ މަޖާ ހާދިސާތަކެވެ.

ހަތްދިގހަ ފަސް މިލިއަން ޑޮލަރުގެ ބަޖެޓަކުން އިލުމިނޭޝަން އެންޓަޓައިންމަންޓުން އުފައްދާފައިވާ "ސިންގް" ގެ ޑިސްޓްރިބިއުޝަނާ ހަވާލުވެފައި ވަނީ ޔުނިވާސަލް ޕިކްޗާސްއިންނެވެ.

މި ފިލްމް ވަނީ މި މަހުގެ 11 ވަނަ ދުވަހު ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމް ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ވެސް ދައްކާލައިފަ އެވެ.