އަލްނޫރު ޕްރޮމޯޝަން އެސްޓީއޯއިން ފަށައިފި
އަލްނޫރު ޕްރޮމޯޝަން އެސްޓީއޯއިން ފަށައިފި

އަލްނޫރް ހިކި ކިރު ޕެކެޓެއް ގަތުމުން އިނާމެއް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯ ސުޕަމާޓުން ފަށައިފި އެވެ.

އަލްނޫރު ޕްރޮމޯޝަން އެސްޓީއޯއިން ފަށައިފި
އަލްނޫރު ޕްރޮމޯޝަން އެސްޓީއޯއިން ފަށައިފި

މި ޕްރޮމޯޝަނާ ގުޅޭ ގޮތުން ސީނިއާ މެނޭޖާ، މާކެޓިން އައިމިނަތު ޝުރުފާ ވިދާޅުވީ، އަލްނޫރު ހިކި ކިރު ޕެކެޓަކާ އެކު އަލްނޫރު ލޯގޯޖެހި ކޮލިޓީ ރަނގަޅު ބިއްލޫރިތައްޓެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

އަލްނޫރު ޕްރޮމޯޝަން އެސްޓީއޯއިން ފަށައިފި
އަލްނޫރު ޕްރޮމޯޝަން އެސްޓީއޯއިން ފަށައިފި

މި ޕްރޮމޯޝަނަކީ ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ފަދަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. މިިދިޔަ އަހަރު ވެސް އަލްނޫރުގެ މި ޕްރޮމޯޝަން ކުރިއަށްގެންދިޔަ އެވެ.

އަލްނޫރަކީ އޮމާންގެ ހިކިކިރު ޕެކްކުރާ އެންމެ ބޮޑު ކުންފުނި، "އޮމާން ފުޑްސުޓަފް"ގެ އުފެއްދުމެކެވެ. މި ކުންފުންޏަކީ މެދު އިރުމަތީގައި ހިކި ކިރު ބަންދުކުރުމުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެކެވެ. އަލްނޫރު ހިކި ކިރުގެ 800 ގުރާމާއި 1800 ގުރާމާއި 2250 ގުރާމުގެ ފެކެޓު އެސްޓީއޯއިން އަންނަނީ ވިއްކަމުންނެވެ.

އަލްނޫރުގެ 800 ގުރާމް 95ރ. އަށް ލިބޭ އިރު 1800 ގުރާމް 102ރ. އަށް އަދި 2250 ގުރާމްގެ ޕެކެޓެއް 245ރ. އަށް ލިބޭނެ އެވެ. އަލްނޫރު ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާޓުން ލިބެން ހުރި އިރު އަންނަމަހުން ފެށިގެން އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ވެސް ލިބެން ފަށާނެ އެވެ.