އައިއޯއައިޖީ: ދުވުމުން މާޒިން ލޯ މެޑެއްޔެއް ހޯދައިދީފި
އައިއޯއައިޖީ: ދުވުމުން މާޒިން ލޯ މެޑެއްޔެއް ހޯދައިދީފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޕެރެ ކެޓަގަރީގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ލޯފަން ދުވުންތެރިޔާ މުހައްމަދު މާޒިން މިއަދު ލޯ މެޑެއްޔެއް ހޯދައިފި އެވެ.

ރޭސް ފަށައިގެން 20 މީޓަރަށް ދުވިތަނާ ފައި އެޅުނު ގޮތަކުން މާޒިން އަށް އަނިޔާވެ ކުޑަ ހުއްޓުމެއް އަ އެވެ. އެހެން ނޫން ނަމަ އޭނާ އަށް ރަން ނުވަތަ ރިހި މެޑަލް ލިބުނުގެ ފުރުސަތު ވަރަށް ބޮޑެވެ.

މާޒިން ވެސް ބުނީ އުއްމީދުކުރީ ރަން މެޑެއްޔަކަށް ކަމަށާއި އެކަމަކު ނައްޓާލި ވަގުތު އެންކަލަށް އެރި ތަދެއްގެ ސަބަބުން ނުދުވެވުނީ ކަމަށެވެ.

"އެކަމަކު އުއްމީދުކުރަން ހަމަ ގައުމަށް ފުރަތަމަ ފަހަރަށް ބައިވެރިވެ ރަނގަޅު ކާމިޔާބީއެއް ކަމަށް މި ހޯދުނީ،" މާޒިން ބުންޏެވެ.