ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓުތައް ކުޅުދުއްފުއްޓަށް ގެންގޮސްފި
ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓުތައް ކުޅުދުއްފުއްޓަށް ގެންގޮސްފި

މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު ލަންކާގެ ހަތް މަސްބޯޓް ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓުތައް ކުޅުދުއްފުއްޓަށް ގެންގޮސްފި
ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓުތައް ކުޅުދުއްފުއްޓަށް ގެންގޮސްފި

އެ ހަތް މަސްބޯޓަކީ އިއްޔެ އިހަވަންދިއްޕޮޅާ ދިމާލު ބޭރުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުން ދަނިކޮށް ކޮޅިގަނޑެއްގައި ޖެހުނު ބޯޓްތަކެކެވެ. އެމްއެންޑީއެފުން އިއްޔެ އެ ބޯޓްތަކަށް ހުއްދަ ދިނީ ކޮޅިގަނޑުގެ އަސަރު ނުކުރާ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށެވެ.

ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓުތައް ކުޅުދުއްފުއްޓަށް ގެންގޮސްފި
ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓުތައް ކުޅުދުއްފުއްޓަށް ގެންގޮސްފި

ނަމަވެސް މިއަދު ސިފައިންގެ ބެލުމުގެ ދަށުން އެ ބޯޓްތައް ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްފަ އެވެ.

އެމްއެންޑީއެފް ތަރުޖަމާން، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ބޯޓްތައް ކުޅުދުއްފުއްޓަށް ގެންދިޔައީ ކަނޑު ގަދަވުމުން ފުރޭވަރު ނުވާތީ ކަމަށެވެ. އަދި މޫސުން ރަނގަޅުވިހާ އަވަހަކަށް އެ ބޯޓްތައް ފުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ބޯޓަކަށް ގެއްލުމެއް ލިބިފައެއް ނެތް. ކަނޑުގަދަކަމުން ފުރޭވަރު ނުވީމަ ބޯޓްތައް ކުޅުދުއްފުއްޓަށް ގެނައީ،" އާޒިމް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ބަނދަރުގައި އޮތް ބޯޓްތައް ބަލަހައްޓަނީ ކަސްޓަމްސްއިންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ލަންކާގެ މަސްބޯޓްތަކުން ގަވައިދާ ހިލާފަށް ވަދެ މަސް ވެރިކަން ކުރުމަކީ އާންމު ކަމެކެވެ. ވަރަށް ފަހުން ވެސް ވަނީ އެފަދަ ބޯޓްތަކެއް އަތުލައިގެންފަ އެވެ.