21 ޖުލައި 2019 - 13:07

2 ގަޑި 30 މިނެޓަށް ފަހު ޝަރީއަތް ނިންމައިފި.
ދިފާއީ ހެކިން ހުށަހަޅަން ފަސް ދުވަސް ޔާމީން ޝަރީއަތުން ދެއްވައި، އަންނަ މަހު ހަތަރެއްގައި އަޑުއެހުމެއް އޮންނާނެކަން އިއުލާނުކުރައްވައިފި
މީގެ އިތުރުން ޔާމީންގެ މާލީ ބަޔާން ވެސް ހެެއްކެއްގެ ގޮތުގައި ހުށަހެޅި. އެއީ ޖަމާކުރި އެއް މިލިއަން ޑޮލަރު ހުރިކަން އޭގައި ވެސް ބަޔާންކޮށްފައި ނެތުމުން، ފައިސާގެ އަސްލު އޮޅުވާލަން މަަސައްކަތްކުރި ކަމަށް ސާބިތުކުރުމަށް. މީގެ އިތުރުން ވެސް ޔާމީންގެ ތަހުގީގު ބަޔާންތަކާއި ޗެކްތައް ފަދަ ބައެއް އެއްޗެހި ހުށަހެޅި
އެސްކްރޯ އެކައުންޓަށް، އަސްލު އޮޅުވާލައިގެން ފައިސާ ޖަމާކުރި މައްސަލަ ސާބިތުކުރުމަށް ކުރީގެ ނައިބު ރައީސް އަދީބާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަމީނާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި މިހާރުގެ ރައީސް މުއްވިޒް ރަޝީދާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތުގެ އިތުރުން ބައެއް މީހުން ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅައިފި
މިއީ އެކަށީގެންވާ ވަރަށް ތަހުގީގުކުރެވިފައިވާ މައްސަލައެއް ކަމަށް ބުނާތީ އާއި ހެކި ހުށަހެޅީ ތަހުގީގެ ފަހުން ކަމަށް ވާތީ، އަލަށް ހުށަހެޅި ދެ ހެކިން ބަަލައި ނުގަތުމަށް ޝަރީއަތުން ނިންމަވައިފި
ނަމަވެސް ޔާމީންގެ ވަކީލް ވިދާޅުވީ އެއީ މިހާތަނަށް ކޯޓުން އަމަލުކުރަމުން އައި ގޮތެއް ނޫން ކަމަށް.
މި ދެ ހެކިންގެ ހެކިބަސް ހޯދަން ތަހުގީގުގައި ކުރީ ކޮން ކަމެއްތޯ އާއި މައްސަލާގައި ދައުވާކުރީ ތަހުގީގު ފުރިހަމަވެގެންތޯ ސުވާލުކުރުން ދައުލަތުން ބުނީ މިއީ ދައުވާކުރެވޭ ވަރަށް އެކަށީގެންވާ ވަރަށް ތަހުގީގުކުރެވިފައިވާ މައްސަލައެއް ކަމަށް.
ދައުވާކުރި އިރު ހުށަނާޅާއި ހެއްކެއް ދެން ހުށަނޭޅޭނެ ކަމަށް ޔާމީންގެ ފަރާތުން ބުނި ނަމަވެސް، ދައުލަތުން ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން، ފަހުން ލިބޭ ހެކި ޝަރީއަތުގެ އަޑުއެހުން ނިމޭ ފަހުން ވެސް ހުށަހެޅިދާނެ ކަމަށް
އާ ދެ ހެކިން ހުށަހަޅަން ޔާމީންގެ ފަރާތުން އިންކާރު ކުރޭ.
މިތަނުން އިސްފާހަކީ ފައިސާ ޖަމާކުރަން ދިޔަ މީހާ ކަމަށާއި، އެ ފައިސާ އަކީ ކޮން ފައިސާއެއްކަން ނޭނގޭ ކަމަށް ޔާމީން ވިދާޅުވިޔަސް އެ ފައިސާ ޖަމާނުވެގެން ލަސްވެގެން ޔާމީން އުޅުއްވި ކަމަށް އެ ހެކީގެ ފަރާތުން އެނގޭނެ ކަމަށް ދައުލަތުން ބުނި
ދައުލަތުގެ ފަރާތުން އިތުރު ދެ ހެއްކެއް ހުށަހަޅައި. އެއީ އެސްއޯއެފް މުހައްމަދު އައްލާމް ލަތީފާއި އަހްމަދު އިސްފާހު
އަދީބާއި ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަންނަން ގާޒީ ނިންމަވައި، ހެކި ބަސް ނަގާއިރު އެ މީހުންގެ ފަރާތުން ކަމެއް ފާހަގަވެއްޖެ ނަމަ ގޮތެއް ނިންމަވާނެ ކަމަށް.
ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގުކުރަން އެންގީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސްގެ ލޯޗު ގޮއްވާލި މައްސަލާގައި ވެސް އަދީބުގެ ނަފްރަތު އޮންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް.
ޔާމީނާ ދެކޮޅަށް އަދީބާއި ޒިޔަތު ހުށަނޭޅޭނެ ކަމަށް ބުންޏަސް، ދައުލަތުން ބުނީ އެގޮތަށް ގަބޫލު ނުކުރެވޭ ކަމަށް.
މަނީލޯންޑަރިން ދައުވާކުރީ، އެފްއައިޔޫގެ ރިޕޯޓެއް ނެތި ކަމަށް ބުންޏަސް، ދައުވާ ކުރެވޭނީ ސީދާ އޭގެ ރިޕޯޓެއް އޮވެގެން އެކަނި ކަމަށް ގާނޫނުގައި ނޯންނާތީ، ޔާމީންގެ ވަކީލުންގެ ހުށަހެޅުން ގާޒީ ގަބޫލެއް ނުކުރެއްވި.
ދައުލަތުން ބުނީ ތަހުގީގު ފެށީ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލާގައި އެފްއައިޔޫން ކުރި ރިޕޯޓާ ގުޅިގެން ކަމަށާއި އެ ތަހުގީގުން އިތުރު މައްސަލަތައް ފެނުނު ކަމަށް
ޔާމީން ވިދާޅުވީ އެމްއެމްއޭ އިން ފުލުހުންނަށް އެނގީ ބީއެމްއެލްގައި އޮތް އެކައުންޓަކާ ގުޅޭ ވާހަކަ ކަމަށް.
މަނީ ލޯންޑަރިންގެ މައްސަލަތަކުގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ރިޕޯޓެއް އޮންނަން ޖެހޭނެ ކަމަށާއި އެ ރިޕޯޓް ނެތް ކަމަށް ޔާމީންގެ ފަރާތުން ބުުނުމުން ދައުލަތުން ވަނީ ފުލުހުން މައްސަލަ ތަހުގީގު ފެށީ ވެސް ފައިނޭންޝަލް އިންޓެލިޖެންސްގެ ރިޕޯޓަކާ ގުުޅިގެން ކަމަށައި އެ ލިޔުން ދައުވާ ލިބޭ ފަރާތަށް ނުދެނީ އެއީ ސިއްރު ލިޔުމެއް ކަމަށް ވާތީ ކަމަށް ކުރިން ވެސް ޝަރީއަތުގައި ބުނެފައި ވާނެ ކަމަށް.
އެއްބަސްވުމުގައި އޮތީ، "މި ފައިސާ" ގެ ވާހަކަ ކަމަށާއި އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެސްއޯއެފުން ދިން ފައިސާ ކަމަށް ވެސް ޔާމީން ވިދާޅުވި.
ޝައްކު އުފެދޭ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކުރި ސަބަބާ ބެހޭ ގޮތުން ޔާމީން ވިދާޅުވީ އެއީ ގާނޫނާ ހިލާފް ފައިސާ ކަމަށް ކަނޑައަޅައިފި ހިނދެއްގައި، އެސްކްރޯ އެކައުންޓަށް ޖަމާކުރީ ގާނޫނާ ހިލާފް ފައިސާ ކަމަށް ވެދާނެތީ ކަމަށް. އެސްކްރޯ އެއްބަސްވުމުގައި، އެއް މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާކަން ބަލާނެ ކަމަށް އޮތް ކަމަށާއި އަދިވެސް އެކަން ބަލައި ނުނިމޭ ކަމަށް ޔާމީން ވިދާޅުވި
ޔާމީން ވިދާޅުވީ ފައިސާ ހަވާލުކުރަން އެ މަނިކުފާނަށް އެއްވެސް އިދާރާއަކުން ނާންގާ ކަމަށް. އަދި މިއަދާ ހަމަޔަށް ވެސް އެއީ ކޮން ފައިސާއެއް ކަމެއް އެއްވެސް އިދާރާއަކުން ނުނިންމާ ކަމަށް
ކުރީގެ ރައީސް ޔާމީން، އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާއާ ބެހޭ ގޮތުން ވިދާޅުވީ އެއީ އަދީބު ދެއްވަންޖެހޭ ފައިސާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ދޭންޖެހޭ ފައިސާ ޖަމާކުރާނެ ކަމަށް އަދީބު ވިދާޅުވި ކަމަށް. ގޮތް ނޭނގޭ ފައިސާ ޖަމާވުމުން އެކަން އެމްއެމްއޭގެ އެފްއައިޔޫ އަށް ވެސް އެނގުނު ކަމަށާއި އެކަމަކު އެ ފައިސާ ކްރެޑިޓްވުން އެއްވެސް އިދާރާއަކުން ހުއްޓުވާފައި ނުވާ ކަމަށް.
ޔާމީންގެ ވަކީލުން ވިދާޅުވަނީ ކޮރަޕްޝަންގެ ފައިސާ ޖަމާކުރި ކަމަށް ބުނާއިރު، އެމްއެމްޕީއާރްސީގެ ތަހުގީގު ނުވެސް ނިމޭ ކަމަށް. އެކަމަކު ދައުލަތުން އެކަން ގަބޫލެއް ނުކުރޭ. ޔާމީންގެ ވަކީލުން ވިދާޅުވީ ޔާމީންގެ އެކައުންޓަށް ވަން ފައިސާ ކަމަށް އޭސީސީން ވެސް ކަނޑައަޅާފައި ނެތް ކަމަށް.
ޔާމީންގެ ފަރާތުން ބުނަނީ ކުށް ކުރި ކަމަށް ބުނާ ތާރީހެއް ނޭނގޭއިރު، ދައުވާ ބިނާކުރާ ގާނޫނަށް އަމަލުކުރަން ފެށި ތާރީހުގެ ކުރިންތޯ ފަހުންތޯ އެނގެން ޖެހޭނެ ކަމަށް.
މި ނުކުތާއާ ގުޅިގެން ވެސް ގާޒީ ނިންމެވީ، ކޮރަޕްޝަންގެ އަމަލުތައް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެހެންވެ އެ ނުކުތާ ވެސް ބަލައިގަނެވެން ނެތް ކަމަށް.
ޔާމީންގެ ވަކީލްގެ ވާހަކަޔާ ގުޅިގެން، ގާޒީ ވިދާޅުވީ ކޮރަޕްޝަންގެ އަމަލެއް ކުރުމުގެ ތުހުމަތު ދައުވާގައި އޮތީ ޔާމީންގެ މައްޗަށް ނޫން ކަމަށާއި ބަޔަކު ކޮރަޕްޝަންގެ އަމަލުން ހޯދި ފައިސާއެއް ބޭނުންކުރުމުގެ މައްޗަށް ކަމަށް. ނަމަވެސް ވަކީލް ވިދާޅުވީ، ދައުވާ ލިބޭ ފަރާތާ ކުށުގެ އަމަލާ ގުޅުމެއް ހުރިކަން އެނގޭނީ ކޮރަޕްޝަންގެ ކޮން އަމަލެއްކަން އެނގިގެން ކަމަށް.
ދެ ވަނަ ދިފާއެއްގެ ގޮތުގައި ޔާމީންގެ ފަރާތުން ހުށަހެޅީ، ކޮރަޕްޝަންގެ ކުށަކީ ކޮބައިކަން ބަޔާންކޮށްފައ ނުވާ ކަމަށާއ ޔާމީނަށް ތުހުމަތުކުރާ ކުށުގައި ހަމައެކަނި ޔާމީންގެ މައްޗަށް ދައުވާކުރުން.
ކުށް ކުރި ވަގުތު ބަޔާންކޮށްފައި ނެތް ކަމަށް ބުނާ މައްސަލާގައި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނާ ނުކުރާ ޝަރީއަތަށް ބަލައިގަނެވެގެން ނެތް ކަމަށް ގާޒީ ނިންމަވަފައި
ދައުލަތުން ބުނީ ކުށް ކުރި ވަގުތު ބަޔާންކުރަން އޮންނަނީ ކުށް ކުރި އިރު، ތުހުމަތުކުރެވޭ މީހާ ކުށުގެ ވެށީގައި ނެތްކަމުގެ ދިފާއެއްގެ ގޮތުގައި ބޭނުންކުރުމަށް ކަމަށާއި ޝަރީއަތަށް އިތުރަށް ހުށަހަޅާ ހެކިންގެ ބަހުން އެނގިގެން ދާނެ ކަމަށް.
ދައުވާގެ ސީޣާގައި، ދައުވާ ލިބޭ މީހާ ކުށް ކުރި ވަގުތު ބަޔާންކޮށްފައި އޮންނަންވާނެ ކަމަށް ބުނާއިރު، އެކަން އެނގެން ނެތް ކަމަށާއި ބުނެފައި އޮތީ އެސްއޯއެފުން ފައިސާ ޖަމާކުރި ދުވަހުގެ ވާހަކަ ކަމަށާއި އެއީ ޔާމީން ކުރެއްވި ކަމެއް ނޫން ކަމަށް. އަދި ޔާމީން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރި އިރެއް ވެސް އެނގެން ނެތް ކަމަށް
ގާޒީ ވަނީ ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރަން، ތަހުގީގީ އިދާރާއަކުން އެންގުން އެއީ ޝައްކު އުފެދުން ކަމަށް ނުބެލެވޭނެތޯ ސުވާލު ކުރައްވާފައި. ނަމަވެސް ޔާމީންގެ ވަކީލް ޝިޔާޒް ވިދާޅުވީ އެސްއޯއެފްގެ ފައިސާއާ މެދު ޝައްކު އުފެދި އެކަން ސިޓީއަކުން އެންގީ ފައިސާ ޖަމާކުރުމުގެ ފަހުން ކަމަށް.
ޔާމީންގެ ފަރާތުން ބުނީ ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ޝައްކު ކުރެވޭ ފައިސާ ކަމަށް ބުނާއިރު، އެ ޝައްކު އުފެދިފައިވާކަން ދައުވާ ލިބޭ ފަރާތަށް ނޭނގޭ ކަމަށް. ނަމަވެސް ގާޒީ ވިދާޅުވީ ޖިނާއީ ކޮންމެ ކަމެއްގައި އެގޮތަށް، ދައުވާ ލިބޭ ފަރާތަށް ޝައްކުވުން ކަމަށްވާ ނަމަ ދުވަހަކު ވެސް ކުށެެއް ސާބިތުވާނެތޯ ސުވާލުކުރައްވާފައި.
ދައުވާ ފުރިހަމަނުވާ ކަމަށް، ޔާމީންގެ ފަރާތުން ފާހަގަކުރި ކަންކަމާ ގުޅިގެން ގާޒީ ހައިލަމް ދައުލަތަށް ގިނަ ސުވާލުތަކެއް ކުރިމަތިކުރެއްވި.
ދައުވާގެ ސީޣާގައި ދައުވާގެ ތަފްސީލް ބަޔާންކުރުމާ ބެހޭ ގޮތުން ގާނޫނުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނޯންނަ ކަމަށާއި އެކަމަކު މިހާރުވެސް އޮތީ ތަފްސީލްކޮށް ކަމަސް ދައުލަތުން ބުނި
ރައްދުގައި ދައުލަތުން ބުނީ، ދައުވާ ހުށަހަޅާނެ ގޮތް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމަށާއި ދައުލަތުގެ ދައުވާ އޮތީ އެ ގާނޫނާ އެއްގޮތަށް ކަމަށް.
އާސިފް ވިދާޅުވީ ދައުވާގައި، ކުށް ސާފުކޮށް ބަޔާންކޮށްދޭން ޖެހޭ ކަމަށާއި އެވަރަށް ސާފުނުވާ ކަމަށް.
ދައުލަތުގެ ވާހަކަ އަށް ރައްދު ދެއްވައި ޔާމީންގެ ވަކީލް އާސިފް ވިދާޅުވީ، މަނީ ލޯންޑަރިންގެ ގާނޫނުގައި ބުނާ މާއްދާތައް އަކުރުން އަކުރަށް ލިޔެފައި ހުއްޓަސް ދައުވާގެ ސީޣާގައި ކުށެއް ކުރެއްވި ކަމަށް ބުނެފައި ނެތް ކަމަށް.
އެއް މިލިއަން ޑޮލަރު، އެސްކްރޯ އެކައުންޓަށް ޖަމާކުރަން އެއްބަސްވުމަށް ފަހު، އޮޅުވާލައި، އިސްލާމިކް ބޭންކުގައި ހުރި ފައިސާގެ ބަދަލުގައި އެހެން ފައިސާއެއް އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް
ދައުލަތުން ބުނީ އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ އެމްއެމްޕީއާރްސީގެ ޚިނާތުގެ ފައިސާ ކަމަށް ބެލެވޭ ހާލަތުގައި އެ ފައިސާ ޔާމީންގެ ވަނީ އިންވެސްޓްމަންޓް އެކައުންޓަކަށް ޓްރާންސްފައި ކޮށްފައި ކަމަށް. އެހެންވެ އެއީ ގާނޫނުގައި ބުނާ ގޮތަށް ބަލާއިރު މަނީ ލޯންޑަރިންގެ ކުށެއް ކަމަށް ފާހަގަކުރި.
ދައުވާގެ ސީޣާގައި، ކުށުގެ ވާހަކަ ހެކިތަކާ ހަވާލާދީ ބުނެފައިވާކަން ދައުލަތުން ފާހަގަކުރި.
ދައުވާ ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމަށް ބުނާ ވާހަކަ އަށް ރައްދު ދެއްވައި ދައުލަތުގެ ސީނިއާ ޕްރޮސިއުޓާ އައިމިނަތު މުހައްމަދު ވަނީ، ދައުވާކުރި މަނީ ލޯންޑަރިން ގާނޫނުގައި ކުށް ބަޔާންކޮށްފައި އޮންނަ ކަމަށާއި އެ ކަންކަން ސާފުކޮށް އެނގޭ ކަމަށް.
ޔާމީންގެ މައްޗަށް ކުރާ ދައުވާގައި، ކުށުގެ ނަން ނޫން އެހެން ކަމެއް ބަޔާންކޮށްފައިނުވާ ކަމަށް ޝިޔާޒް ވިދާޅުވި.
ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތުގެ ހެކި ބަސް ޔާމީނާ ދެކޮޅަށް ބޭނުން ނުކުރެވޭނެ ކަމަށާއި އެ ދެ ބޭފުޅުންނަކީ ވެސް ޖިނާއީ ކުށް ސާބިތުވެފައިވާ މީހުން ކަމަށް ޝިޔާޒް ވިދާޅުވި
ޔާމީންގެ ފަރާތުން ފާހަގަކުރާ ކަންކަން، ވަކީލް ޝިޔާޒް ހުށަހަޅުއްވަން ގާޒީ ފުރުސަތު ދެއްވުމުން ހުށަހަޅުއްވަނީ.
މި މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ މިއަދު މަޖިލިސް ފަށައިފި އެވެ. މި ޝަރީއަތް ޓީވީން ވަގުތުން ދައްކަމުން ދާއިރު މިއީ ރާއްޖޭގައި މުޅިން އަލަށް ކުރާ ކަމެކެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފުން ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން އޭސީސީއާ އެކު އެމަނިކުފާނު އެއްބަސްވެ ވަޑައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް، އެމަނިކުފާނުގެ އެކައުންޓަށް ވަތް ޑޮލަރު ނޫން އެހެން ފައިސާއެއް ޖަމާ ކުރުމަށް ފަހު، އޮޅުވާލި ކަމަށް ވެސް ދައުލަތުގެ ދައުވާގައިވެ އެވެ.
މީގެ ކުރިން މި މައްސަލާގައި ބޭއްވި ޝަރީއަތްތަކުގައި ވަނީ މައްސަލައާ ގުޅޭ ހެކި ހުށަހަޅައިފަ އެވެ.