"ތުމް ބިން 2" ގެ ލަވައެއް ކްރިކެޓް ކުޅުންތެރިޔާ ޑްވޭން ބްރާވޯގެ އަޑުން
"ތުމް ބިން 2" ގެ ލަވައެއް ކްރިކެޓް ކުޅުންތެރިޔާ ޑްވޭން ބްރާވޯގެ އަޑުން

އަނޫބަވް ސިންހާގެ ފިލްމް "ތުމް ބިން 2" ގެ ލަވައެއް ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި ލަވަ ކިޔުންތެރިޔާ ޑްވޭން ބްރޯވާ ކިޔައިދީފި އެވެ.

"ތުމް ބިން 2" ގެ ލަވައެއް ކްރިކެޓް ކުޅުންތެރިޔާ ޑްވޭން ބްރާވޯގެ އަޑުން
"ތުމް ބިން 2" ގެ ލަވައެއް ކްރިކެޓް ކުޅުންތެރިޔާ ޑްވޭން ބްރާވޯގެ އަޑުން

"ޖެގާ ބޮމްބް" ގެ ނަން ދީފައިވާ މި ލަވައިން ބްރާވޯ އެކު މަޝްހޫރު ލަވަ ކިޔުންތެރިޔާ އަންކިތު ތިވާރީގެ އަަޑު ވެސް އިވިގެން ދާނެ އެވެ. މި ލަވައަކީ "ތުމް ބިން 2" ގެ ޕްރޮމޯޝަނަލް ލަވައެއްގެ ގޮތުގައި ބޭނުން ކުރަން ހަމަޖެހިފައިވާ ލަވައެކެވެ.

ފިލްމުގެ ތަރިންނާ އެކު ލަވައިގެ ވީޑިއޯ އިން ބްރާވޯ އާއި އަންކިތު ވެސް ފެނިގެން ދާނެ އެވެ.

"ތުމް ބިން 2" އަކީ 2001 ވަނަ އަނޫބަވް ޑައިރެކްޓް ކުރި ލޯބީގެ އަސަރު ގަދަ އަދި އެހާމެ ކާމިޔާބު ފިލްމް "ތުމް ބިން" ގެ ސީކްއެލްއެކެވެ. އެކަމަކު ފިލްމުގެ ލިޑް ރޯލުން މި ފަހަރު ފެނިގެން ދާނީ މުޅިން ތަފާތު ކާސްޓެކެވެ.

އޭގެ ތެރޭގައި ނީހާ ޝަރްމާ، އާސިމް ގުލާޓީ އަދި އަދިތިޔާ ސީލް ހިމެނެ އެވެ.

ޓީ ސީރީޒްގެ ބުޝަން ކުމާރު ޕްރޮޑިއުސް ކުރާ"ތުމް ބިން 2" އަންނަ ނޮވެމްބަރު މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ އިރު، އަނޫބަވްގެ ފިލްމްތަކަށް އިންޓަނެޝަނަލް އާޓިސްޓުން ލަވަ ކިޔުމަކީ އާ ކަމެއް ވެސް ނޫނެވެ.

ޝާހްރުކް ހާން ސްޕަ ހީރޯއެއްގެ ރޯލުން ފެނިގެން ދިޔަ 2011 ގެ "ރާ.ވަން" ގެ ލަވައެއް ވެސް އޭނާ ވަނީ އެމެރިކާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އޭކަން ލައްވައި ކިޔުއްވައިފަ އެވެ.

ވިޝާލް-ޝޭކަރުގެ މިއުޒިކަށް އޭކަން ކިޔައި ދިން "ޗައްމަކް ޗައްލޯ" އަކީ ވަރަށް ހިޓް ލަވައެކެވެ.

އެހެންވެ "ތުމް ބިން 2" އަށް އަންކިތު ތިވާރީ މިއުޒިކް ވެސް ތައްޔާރުކޮށް ދިން "ޖެގާ ބޮމްބް" އަކީ ވަރަށް މަގުބޫލް ލަވައަކަށް ވެގެން ދާނެ ކަމަށް ބެލެވެ އެވެ.