މެލޭޝިއާގެ ޕެޓްރޮނަސް ޓަވަރު ކުރެހި މީހާ މަރުވެއްޖެ
މެލޭޝިއާގެ ޕެޓްރޮނަސް ޓަވަރު ކުރެހި މީހާ މަރުވެއްޖެ

ކުއާލަ ލަމްޕޫރު (ޖުލައި 20) - މެލޭޝިއާގެ މަޝްހޫރު ޕެޓްރޮނަސް ޓަވަރު ޑިޒައިންކުރި އާކިޓެކްޓް ސީޒާ ޕެއްލީ އުމުރުން 92 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

މެލޭޝިއާގެ ޕެޓްރޮނަސް ޓަވަރު ކުރެހި މީހާ މަރުވެއްޖެ
މެލޭޝިއާގެ ޕެޓްރޮނަސް ޓަވަރު ކުރެހި މީހާ މަރުވެއްޖެ

ކުއާލަ ލަމްޕޫރުގައި ދެ ޓަވަރު 1998 ވަނަ އަހަރު ހުޅުވި އިރު އެއީ ދުނިޔޭގެ އެންމެ އުސް އިމާރާތެވެ. އެ ޝަރަފް ހަ އަހަރު ވަންދެން ދެމެހެއްޓި އެވެ.

ޕެއްލީގެ ފާހަގަކޮށްލެވޭ ޑިޒަންތަކުގެ ތެރޭގައި ލަންޑަނުގެ ވަން ކެނެޑާ ސްކްވެޔާ ޓަވަރު އަދި ޖަޕާނުގެ އޮސާކާގައި ހުންނަ ނޭޝަނަލް އާޓް މިއުޒިއަމް ހިމެނެ އެވެ. އަދި ނިއު ޔޯކުގެ ވޯލްޑް ފައިނޭންޝަލް ސެންޓަރު ޑިޒައިންކުރީ ވެސް ޕެއްލީ އެވެ.

ޕެއްލީ އުފަންވީ އާޖެންޓީނާގެ ޓުކުމަން ޕްރޮވިންސްގަ އެވެ. ޓުކުމަން ޔުނިވާސިޓީން ގްރެޖުއޭޓްވުމަށް ފަހު އެމެރިކާ އަށް ބަދަލުވީ 1952 ވަނަ އަހަރު އެވެ. އޭނާ ވަނީ 1977 އިން 1984 އަށް އެމެރިކާގެ މަޝްހޫރު ޔޭލް ޔުނިވާސިޓީގެ ސްކޫލް އޮފް އާކިޓެކްޗާގެ ޑީންގެ މަގާމު އަދާކޮށްފަ އެވެ. ޕެއްލީ ވަނީ ވަރަށް ގިނަ އެވޯޑްތައްް ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ އިންސްޓިޓިއުޓް އޮފް އާކިޓެކްޗާ އިން ދޭ ރަން މެޑަލް ވެސް ހިމެނެ އެވެ.