ވެނިސްގެ ބްރިޖެއްގެ މަތީގައި ކޮފީ ހެދުމުން ޖަރުމަންގެ ޓޫރިސްޓުންތަކެއް ޖޫރިމަނާކޮށްފި
ވެނިސްގެ ބްރިޖެއްގެ މަތީގައި ކޮފީ ހެދުމުން ޖަރުމަންގެ ޓޫރިސްޓުންތަކެއް ޖޫރިމަނާކޮށްފި

އިޓަލީގެ ވެނިސްގައި ބްރިޖެއްގެ މަތީގައި ޖަރުމަންގެ ދެ ޓޫރިސްޓަކު ކޮފީ ހަދައިގެން ބުއި މައްސަލައެއްގައި ޖޫރިމަނާކޮށްފި އެވެ.

ވެނިސްގެ ބްރިޖެއްގެ މަތީގައި ކޮފީ ހެދުމުން ޖަރުމަންގެ ޓޫރިސްޓުންތަކެއް ޖޫރިމަނާކޮށްފި
ވެނިސްގެ ބްރިޖެއްގެ މަތީގައި ކޮފީ ހެދުމުން ޖަރުމަންގެ ޓޫރިސްޓުންތަކެއް ޖޫރިމަނާކޮށްފި

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެކްޕެކް ޓްރިޕެއްގައި ވެނިސް އަށް ކުރި ދަތުރުގައި ބްރިޖްމަތީގައި ކުޑަވަރެއްގެ އުނދުނެއް ބަހައްޓައިގެން ކޮފީ ހަދައިގެން ބުއި މައްސަލާގައި 35 އަހަރުގެ ފިރިހެން މީހާ އާއި 32 އަހަރުގެ އަންހެން މީހާ ޖޫރިނަމާ ކުރީ 1,066.34 ޑޮލަރުންނެވެ.

މީގެ އިތުރުން ވެނިސްގައި ޓޫރިސްޓުންނަށް ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައި ވާތީ އެ ދެ މީހުން ވީހާ ވެސް އަވަހަކަށް އެ ސިޓީން ބޭރުވުމަށް ވެސް ވަނީ އަންގައިފަ އެވެ.

މީޑިއާތަކުން ބުނީ ދެ ޓޫރިސްޓުން ކޮފީ ހަދައިގެން ބުއީ ވެނިސްގެ ގްރޭންޑް ކެނަލްގައި ހިމެނޭ އެންމެ މަގުބޫލު އަދި އެންމެ ދުވަސްވީ ހަތަރު ބްރިޖްގެ ތެރެއިން ރިއާޓްލޯ ބްރިޖްމަތީގައި ކަމަށެވެ. އެ މައްސަލަ
ފުލުހުންގެ ސަމާލުކަމަށް ގެނައީ އެ ވަގުތު އެ ސަރަހައްދުގައި އުޅުނު އާންމުންގެ ބަޔެކެވެ.

އިޓަލީގެ އެންމެ މަޝްހޫރު އެއް ސިޓީ ކަމަށްވާ އަދި އަހަރަކު 30 މިލިއަނެއްހާ ޓުރިސްޓުން ޒިޔާރަތްކުރާ ވެނިސްގައި ޓޫރިސްޓުން އާންމު ބައެއް ސަރަހައްދުތަކުގައި ޕިކްނިކް ހެދުމާއި ނިވާކަން ކުޑަ ހެދުން އަޅައިގެން ހަރަކާތްތެރިވުމަކީ ވެސް މަނާ ކަމެކެވެ.

އެ ސިޓީގެ މޭޔަރު ލުއީޖީ ބްރޫގްނާރޯ ވިދާޅުވީ ވެނިސް އަށް ޒިޔާރަތްކުރާ ހުރިހާ ޓޫރިސްޓުން ވެސް އެ ސިޓީގެ އުސޫލުތަކަށް އިހުތިރާމުކުރަން ވާނެ ކަމަށާއި އުސޫލުތަކާ ހިލާފަށް އެއްވެސް ޓޫރިސްޓަކު އަމަލުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

"އުސޫލުތައް ތަންފީޒު ކުރުމުގައި ފުލުހުން އަދާކުރާ ދައުރާއި ވެނިސްގެ އުސޫލުތައް ދަމަހައްޓަން ސިޓީގެ އާންމުންގެ ރައްޔިތުން ދޭ އެއްބާރުލުން ވެސް ފާހަގަކޮށް އަހަރެމެން އެކަމަށް ޝުކުރު އަދާ ކުރަން،" މޭޔަރު ވިދާޅުވި އެވެ.