ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ނަގިއްޔެއް ނަގަން ވެގެން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަނިކޮށް އޭނާ ކަނޑު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ބަންގްލަދޭޝްގެ އެ މީހާ މިއަދު ހެނދުނު މޫދަށް ފުންމާލީ ކ. ގުޅިފަޅު ކައިރީގައި އަޅާފައި އޮތް ކަންނެލި ދޯންޏެއްގެ ނަގިލި ނަގާށެވެ. އޭނާ ގެއްލުނުކަން ފުލުހުންނަށް އެންގުމާ އެކު ކޯސްޓް ގާޑުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

އެމްއެންޑީއެފުން ބުނީ، އެ މީހާގެ ހަށިގަނޑު ފެނުނީ ކަނޑުއަޑީގެ 21 މީޓަރު އަޑިން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ކުޑައިރުކޮޅެއްގެ ތެރޭގައި މާލެ އަށް ގެންނާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.