ވާހަކަ ދެއްކުމުގެ މުބާރާތުގެ ރަން ވަނަތައް ޖަމާލުއްދީން ސްކޫލަށް
ވާހަކަ ދެއްކުމުގެ މުބާރާތުގެ ރަން ވަނަތައް ޖަމާލުއްދީން ސްކޫލަށް

ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގެ ގިނަ ގިންތިތަކަކުން ޖަމާލުއްދީން ސްކޫލް އެއްވަނަ ހޯދައިފި އެވެ.

ވާހަކަ ދެއްކުމުގެ މުބާރާތުގެ ރަން ވަނަތައް ޖަމާލުއްދީން ސްކޫލަށް
ވާހަކަ ދެއްކުމުގެ މުބާރާތުގެ ރަން ވަނަތައް ޖަމާލުއްދީން ސްކޫލަށް

ދިވެހިބަހުގެ އެކެޑަމީން ބޭއްވި 34 ވަނަ ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރީ އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ މުބާރާތުގައި ތިން ގިންތިއަކުން ޖަމާލުއްދީން ސްކޫލުން އެއްވަނަ ހޯދި އެވެ. އެއީ އިބުތިދާއީ ގިންތި އާއި ދަށު ސާނަވީ އަދި ސާނަވީ ގިންތި އެވެ.

ވާހަކަ ދެއްކުމުގެ މުބާރާތުގެ ރަން ވަނަތައް ޖަމާލުއްދީން ސްކޫލަށް
ވާހަކަ ދެއްކުމުގެ މުބާރާތުގެ ރަން ވަނަތައް ޖަމާލުއްދީން ސްކޫލަށް

އެމްއެންޔޫގެ ލެކްޗަރާ އަންވަރު އިބްރާހިމް ކޯޗުކޮށްދިން ޖަމާލުއްދީން ސްކޫލަށް މި ގިންތިތަކުން އެއްވަނަ ލިބުނީ އެކި ގިންތިތަކުން ވަކިވަކި ދަރިވަރުން ގިނަ ވަނަތަކެއް ހޯދުމުންނެވެ. އެގޮތުން އިބްތިދާއީ ގިންތި އާއި ސާނަވީ ގިންތިން އެއްވަނަ ހޯދީ ޖަމާލުއްދީން ސްކޫލްގެ ދަރިވަރުންނެވެ. އަދި އިބުތިދާއީ ގިންތިން ދެވަނަ ވެސް ހޯދީ އެ ސްކޫލްގެ ދަރިވަރުންނެވެ.

ވާހަކަ ދެއްކުމުގެ މުބާރާތުގެ ރަން ވަނަތައް ޖަމާލުއްދީން ސްކޫލަށް
ވާހަކަ ދެއްކުމުގެ މުބާރާތުގެ ރަން ވަނަތައް ޖަމާލުއްދީން ސްކޫލަށް

- އިބުތިދާއީ ގިންތި: އިޒާން އަލީ، ޖަމާލުއްދީން ސްކޫލް.

- ދަށު ސާނަވީ ގިންތި: އަހުމަދު އަލާއު އިސްމާއީލް، ހިރިޔާ ސްކޫލް

- ސާނަވީ ގިންތި: ޝާއިން މުހައްމަދު ރިފްއަތު، ޖަމާލުއްދީން ސްކޫލް

- މަތީ ސާނަވީ ގިންތި: މުހައްމަދު ރިޔާޝް އަބްދުލް މަޖީދު، ސެންޓަ ފޯ ހަޔަ ސެކަންޑްރީ އެޑިއުކޭޝަން

- މަތީ ތައުލީމުގެ ގިންތި: މުހައްްމަދު ޒައިދާން ޒާހިރު، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ

މުބާރާތުގެ ބައިތަކުގެ ތެރޭގައި ކުންފުނިތަކާއި ކްލަބް ޖަމިއްޔާތަކަށް ހާއްސަކޮށްގެން ބަހުސް ކުރުމުގެ ބައެއް ވެސް ހިމެނެ އެވެ. އެބައިން އެއްވަނަ ހޯދީ "ކްލަބް ޓޫޓޫޒީރޯ"ގެ ނަމުގައި ބައިވެރިވި ގްރޫޕްގެ ފާތިމަތު ނަބާހާ އެވެ. އޭނާއަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލާ އެކެވެ.

- އިބުތިދާއީ ގިންތި: ޖަމާލުއްދީން ސްކޫލް

- ދަށު ސާނަވީ ގިންތި: ޖަމާލުއްދީން ސްކޫލް

- ސާނަވީ ގިންތި: ޖަމާލުއްދީން ސްކޫލް

- މަތީ ސާނަވީ ގިންތި: ސެންޓަފޯ ހަޔަ ސެކަންޑްރީ އެޑިއުކޭޝަން.

މަތީ ތައުލީމު: ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އޭނާއަކީ އެ މުބާރާތުގައި ކުރިން ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އަދި އެއީ ޖަމާލުއްދީން ސްކޫލްގެ އިސްދަރިވަރެކެވެ. ވަނަވަނަ އަށް އައި ދަރިވަރުންނަށް ރޭގެ ރަސްމިއްޔާތުގައި އިނާމާއި ޓްރޮފީ ހަވާލުކޮށްދެެއްވީ އަލީ ވަހީދުގެ އިތުރުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މޮޅު ވާހަަކަދެއްކުންތެރިއަކަށް ވުމަށް ޓަކައި އެންމެ މުހިއްމު ކަމަކީ ވަކި މީހަކު ވާހަކަ ދައްކާ ގޮތަށް ވާހަކަ ދައްކަން މަސައްކަތް ނުކޮށް ކޮންމެ ކުއްޖަކު ވެސް އެ ކުއްޖެއްގެ ގޮތުގައި ވާހަކަ ދެއްކުން ކަމަށެވެ.