ޖަޕާނުގެ ސްޓޫޑިއޯއެއްގައި ރޯކޮށްލުމުން 23 މަރު
ޖަޕާނުގެ ސްޓޫޑިއޯއެއްގައި ރޯކޮށްލުމުން 23 މަރު

ޓޯކިޔޯ (ޖުލައި 18) - ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ހުރި އެނިމޭޝަން ސްޓޫޑިއޯއެއްގައި މިއަދު ހެނދުނު އަލިފާން ރޯކޮށްލުމުން 23 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޖަޕާނުގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ކިޔޯޓޯ އެނިމޭޝަން ސްޓޫޑިއޯ އަށް މީހަކު ވަނީ ގަދަބާރުންނެވެ. ފުލުހުން ބުނީ އުމުރުން 41 އަހަރުގެ މީހަކު ވަނީ ސްޓޫޑިއޯގައި އަލިފާން ރޯކޮށްލުމުގެ ކުރިން ޕެޓްރޯލް ޖަހައިފަ އެވެ. ފުލުހުން ބުނީ އަލިފާން ރޯކޮށްލި ސްޓޫޑިއޯ އިން ވަޅިތަކެއް ވެސް ފެނިފައިވާ ކަމަށެވެ.

ޖަޕާނުގެ އެންއެޗްކޭ އިން ބުނީ ބައެއް މީހުން ވަނީ ގެއްލިފައި ކަމަށެވެ. މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ދަނީ ކުރިއަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި 36 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަލިފާން ރޯވި އިރު ސްޓޫޑިއޯގައި 70 މީހުން ތިބި ކަމަށްވެ އެވެ.

އަލިފާން ރޯކޮށްލި މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާ އަށް ލިބިފައިވާ ޒަޚަމްވަތަކަށް ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެއީ ސްޓޫޑިއޯއާ އެއްވެސް ގުޅުމެއް ނެތް މީހެއް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.