18 ޖުލައި 2019 - 11:24

ބޮލީވުޑްގެ ސުޕަސްޓާ ޝާހުރުކު ޚާން މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ.
އަންހެނުން ގޯރީ އާއި ތިން ދަރިންނާ އެކު މިއަދު ހެނދުނު ރާއްޖެ އައި ބޮލީވުޑްގެ ތަރި ރާއްޖެ ފައިބައިގެން ރިސޯޓަށް ދިއުމުގެ ކުރިން ނަގާފައިވާ ފޮޓޯތަކެއް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި އާންމުވަމުންނެވެ.
ޝާހުރުކު ޗުއްޓީ މި ހޭދަކުރަނީ އޭނާގެ ދޮށީ އަންހެން ދަރިފުޅުގެ ގްރެޖުއޭޝަނަށް ފަހު އެވެ. އެކަމަކު ރާއްޖޭގައި އެ އާއިލާ ޗުއްޓީ ހޭދަކުރަމުން ދަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ނޭނގެ އެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރިން ޗުއްޓީ ހޭދަކުރާ މަންޒިލަކަށް ރާއްޖެ މިހާރު ވަނީ ވެފަ އެވެ. އަމީތާބް ބައްޗަން އޭނާގެ އާއިލާ އާ އެކު މިހާތަނަށް ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކުރިއިރު، ބޮލީވުޑްގެ އެހެނިހެން މަޝްހޫރު ބައެއް ތަރިން ވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. ޝާހުރުކު އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ މި ހޭދަކުރަނީ އަލަށެވެ.