17 ޖުލައި 2019 - 21:43

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މާދަމާ މޮރިޝަސް އަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން މާދަމާ މޮރިޝަސްއަށް ފުރައި ވަޑައިގަންނަވަނީ އެ ގައުމުގެ ދައުވަތަކަށް، ރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ.
މާދަމާ އިން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް ކުރައްވާ އެ ދަތުރުފުޅުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދާދިފަހުން ވެސް ރައީސްގެ ދެކަނބަލުން ވަނީ ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ.