އުރީދޫ ގްރޫޕުން ފުރަތަމަ ފަހަރަށް 5ޖީ މޯބައިލް ޕްލޭނެއް
އުރީދޫ ގްރޫޕުން ފުރަތަމަ ފަހަރަށް 5ޖީ މޯބައިލް ޕްލޭނެއް

އުރީދޫ ގްރޫޕުން 5ޖީ ފޯނުތަކަށް ހާއްސަ ޕްލޭނެއް ފުރަތަމަ ފަހަރަށް ތައާރަފްކޮށްފި އެވެ.

މި ޕްލޭންތައް ސަޕޯޓުކުރާނީ ވާވޭ މޭޓް 20 އެކްސް ފޯނުތަކަށެވެ. މި ފޯނަކީ ދުނިޔޭގައި ވެސް އެންމެ ފުރަތަމަ 5ޖީ ހިދުމަތް ލިބޭ ފޯނެވެ.

މި ފޯނުގެ ހާއްސަ ފީޗާތަކުގެ ތެރޭގައި ލައިކާ ޓްރިޕަލް ކެމެރާ އާއި އަލްޓްރާ ވައިޑް ލެންސް ކެމެރާ އާއި އަވަހަށް ފޯނު ޗާޖު ކޮށްލެވުން ހިމެނެ އެވެ. އުރީދޫ އަކީ މެދުއިރުމަތީގައި 5ޖީ ކޯލް ޓެސްޓް ކުރި ކުންފުންޏެވެ. އެގޮތުން ގަތަރާއި ކުވައިތުގައި 5ޖީގެ ކޯލްތައް ޓެސްޓްކޮށްފައިވެ އެވެ.

އުރީދޫން ގަތަރުގައި ތައާރަފްކުރި 5ޖީ ނެޓްވޯކުގެ ސްޕީޑަކީ 2.3 ޖީބީޕީއެސް އެވެ. އުރީދޫން ބުނީ އެ ކުންފުނިން ހިދުމަތް ދެމުން އަންނަ ގައުމުތަކަށް 5ޖީގެ ހިދުމަތް ފޯރުކޮށްދޭން ވަރަށް ބާރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގަތަރުގެ 5ޖީ ނެޓްވޯކާ އެކު އެ ގައުމުގައި ސްމާޓް ސިޓީތަކުގެ އިތުރުން ސްމާޓް ސްޓޭޑިއަމްތައް ވެސް ގާއިމް ވެގެން ދާނެ އެވެ.