17 ޖުލައި 2019 - 13:16

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާ އެކު ދެ ފިރިހެނަކާއި ކުޑަކުއްޖަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ހެންވޭރުގައި ހުންނަ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ލިބުމުން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ 42 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރު ނުވާ ކުޑަ ކުއްޖެއް ކަމަށް ފުލުހުން މިއަދު ބުންޏެވެ.
އެތަނުން ބުނީ އެ ގެ ބަލާ ފާސްކުރި އިރު 1.15 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުނު ކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މިދުވަސްވަރު ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.