ސްޓައިލް ޓިޕް: ސިލިކާ ޖެލް ޕެކެޓުން ހިފޭނެ ބޭނުންތައް
ސްޓައިލް ޓިޕް: ސިލިކާ ޖެލް ޕެކެޓުން ހިފޭނެ ބޭނުންތައް

އަލަށް ގަންނަ އަތް ދަބަސް، ކްލަޗް ނުވަތަ ބޫޓު ފޮށީގެ ތެރޭގައި އާއްމުކޮށް ހުންނަ ސިލިކާ ޖެލް ޕެކެޓުތައް އުކާ ނުލައި އޭގެ ބޭނުންހިފޭނެ ގޮތްތައް ހުރެ އެވެ. ކުދި ކަރުދާސް ޕެެކެޓުތަކެއްގައި ބަންދުކޮށްފައިވާ، އެތެރެ ފެންނަ މިނާތަކެއް ގޮތަށް ހުންނަ ސިލިކޮން ޑައިއޮކްސައިޑް އަކީ ތެތްކަމާއި އެއްޗެހި ހަލާކުވުމުން ދުރުކޮށްދޭ ވަސީލަތެކެވެ.

ސިލިކާ ޖެލް ފުރަތަމަ އުފައްދާފައިވަނީ 17 ވަނަ ގަރުނުގައި ކަމަށް ތަރީހާއި ސައިންސް ދިރާސާކުރާ މީހުން ބުނެފައިވެ އެވެ. ފުރަތަމަ އަދި ދެވަނަ ބޮޑު ހަނގުރާމައިގައި އަސްކަރީ ހަތިޔާރު ތެމުމުން، ހިކިކޮށް ބަހައްޓަން ސިލިކާ ޖެލް ބޭނުންކުރިި ކަމަށްވެ އެވެ. ސިލިކާ އަކީ އިންސާނުންނަށް ވިހަ އެކެވެ. ނަމަވެސް ޖަނަވާރާއި ގަސް ގަހާގެއްސަށް އެއްވެސް ގެއްލުމެއް ނެތެވެ. ސިލިކާ ޖެލްއިން ހިފޭނެ ހަތަރު ބޭނުމެއް ހިއްސާކޮށްލާނަމެވެ.

ކޮސްމެޓިކްސް ނުވަތަ ރީތިވާން ބޭނުންކުރާ ސާމާނު އަޅާ ދަބަހުގެ ތެރެއަށް ސިލިކާ ޖެލް ޕެކެޓުތަކެއް ލުމުން ލޯޝަން، ސެންޓު ފަދަ އެއްޗެއް ލީކު ވިޔަސް ސިލިކާ ޖެލްތަކުން ދަބަސްތެރެ ހިއްކާލާނެ އެވެ.

ފަހާ މީހުން ނުވަތަ ކްރާފްޓް މަސައްކަތް ކުރާ މީހުންނަށް ސިލިކާ ޖެލް ޕެެކެޓެއް ބޭނުންކޮށްގެން ފޮތި ހިކި ކޮށް ފަންގަސް ނުޖަހާ ގޮތަށް ރައްކާކުރެވޭނެ އެވެ. ވައި ނުވަންނަ ޒިޕް ލޮކް ދަބަހަކަށް ފޮއްޗާ އެކު ސިލިކާ ޕެކެޓުކޮޅެއް ލާށެވެ.

ރިހި ނުވަތަ އެލޮއި ފަދަ މައުދަނަކުން ހަދާފައި ހުންނަ ގަހަނާ އަކީ ފަސޭހައިން ފަންގަސް އަދި ދަބަރު ޖަހާ ވައްތަރެކެވެ. ގަހަނާ އަޅާ ފޮށި ތެރެއަށް ދެތިން ސިލިކާ ޕެކެޓު ލުމުން ގިނަ ދުވަސްވަންދެން ދަބަރު ނުޖަހާ ގަހަނާ ރައްކާކޮށްލެވޭނެ އެވެ.

ރޭޒަރު ތިލަ އަކީ އަބަދު ފެންޖެހި ފަސޭހައިން ދަބަރު ޖަހައި ކޮށިވާ އާލާތެކެވެ. މަތިގަނޑު ރަނގަޅަށް ބާރުކޮށްލެވޭ ފުޅިއެއްގެ ތެރެއަށް 5-6 ސިލިކާ ޕެކެޓު ލާށެވެ. ރޭޒަރު ބޭނުންކޮށް ނިމިގެން ހިއްކާލުމަށްފަހު މި ފުޅި ތެރެއަށް ލުމުން ގިނަ ދުވަސްވަންދެން ރޭޒަރު ސާފުކޮށް ހުންނާނެ އެވެ.