ހައްޖު ހުތުބާ ދެއްވާ އިމާމު 35 އަހަރަށް ފަހު ބަދަލުވެއްޖެ
ހައްޖު ހުތުބާ ދެއްވާ އިމާމު 35 އަހަރަށް ފަހު ބަދަލުވެއްޖެ

މިދިޔަ 35 އަހަރު ވެސް ހައްޖު ޚުތުބާ ދެއްވި ސައޫދީ އަރަބިއްޔާގެ އިސް މުފްތީ އަބްދުލް އަޒީޒް އާލް ޝައިޚްގެ ބަދަލުގައި މިއަދު ހައްޖު ހުތުބާ ދެއްވާނީ އެހެން އިލްމުވެރިޔަކު ކަމަށް ސައޫދީ އަރަބިއްޔާގެ ނޫސްތަކުން ބުނެފި އެވެ.

ހައްޖު ހުތުބާ ދެއްވާ އިމާމު 35 އަހަރަށް ފަހު ބަދަލުވެއްޖެ
ހައްޖު ހުތުބާ ދެއްވާ އިމާމު 35 އަހަރަށް ފަހު ބަދަލުވެއްޖެ

އައް ރިޔާޟް ނޫހުގައި ބުނެފައި ވަނީ މިއަދު ނަމިރާ މިސްކިތުގައި ޚުތުބާ ދެއްވާނީ ޝައިޚް ސާލިހް ބިން ހުމައިދު ކަމަށެވެ. އޭނާ އަކީ ޝޫރާ ކައުންސިލްގެ ޗެއާމަންކަން މީގެ ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ސުޕްރީމް ޖުޑީޝަލް ކައުންސިލަށް ވެސް އައްޔަންކުރައްވާފައިވެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އާލް ޝައިޚް ޚުތުބާ ދެއްވުން މި އަހަރުން ފެށިގެން ހުއްޓާލަން ނިންމެވީ ސިއްހީ ސަބަބުތަކަށްޓަކަ އެވެ. ޚުތުބާ ދެއްވާ އިމާމު ބަދަލުވީ ކަމެއް ސައޫދީން ރަސްމީކޮށް ބުނެފައެއް ނުވެ އެވެ.

އޮކާޒް ނޫހުގައި ބުނެފައިވާ ގޮތުގައި މުފްތީ ކަމުގެ މަގާމަށް 1999 ވަނަ އަހަރު އާލް ޝައިޚް އިސްކުރެއްވުމުގެ ކުރިން، 1981 ވަނަ އަހަރުން ފެށިގެން ހައްޖު ޚުތުބާ ދެއްވަން ފައްޓަވާފައިވާ ކަމަށެވެ. އާލް ޝައިޚް މުފްތީ ކަމުގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ޝައިޚް އަބްދުލް އަޒީޒް ބިން ބާޒް އަވަހާރަވުމާ ގުޅިގެންނެވެ.