ކުޝާލީ ކުމާރު ބޮލީވުޑަށް ނުކުންނާނީ "ދަހީ ޗީނީ" އިން
ކުޝާލީ ކުމާރު ބޮލީވުޑަށް ނުކުންނާނީ "ދަހީ ޗީނީ" އިން

ބޮލީވުޑްގެ މަޝްހޫރު ފިލްމު/މިއުޒިކް ކުންފުނި ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރުގެ ހަގު އަންހެން ދަރިފުޅު ކުޝާލީ ކުމާރު ބޮލީވުޑަށް ނުކުންނަ ފިލްމުގެ ނަމަކަށް "ދަހީ ޗީނީ" ހަމަޖައްސައި ފިލްމުގެ ފަސްޓްލުކް ދައްކާލައިފި އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުންނަ އަޝްވިން ނީލް މަނީ ޑައިރެކްޓްކުރާ ފިލްމުގެ ބަތަލަކީ އާރް މަދަވަން އެވެ. އަދި އަންނަ މަހުގެ ތެރޭގައި "ދަހީ ޗީނީ" ގެ ޝޫޓިން ފަށަން ނިންމި ނަމަވެސް، ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އަޝްވިންއަކީ މަޝްހޫރު ޑައިރެކްޓަރު މަނީ ރަތުނަމްއާ އެކު އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.

ބެލެވޭ ގޮތުން މި ފިލްމަކީ އަންނަ އަހަރު ސިނަމާތަކަށް އަންނާނެ ފިލްމެކެވެ.

ބަތަލާއެއްގެ ގޮތުގައު ކުޝާލީ ބޮލީވުޑަަށް ނުކުންނަ އިރު، އާއިލީ ކުންފުނި ޓީ ސީރީޒުން ގެނެސް ދީފައިވާ ބައެއް ވީޑިއޯ ލަވަތަކުގައި ވެސް އޭނާ އެކްޓްކޮށްފައިވެ އެވެ.

ކުޝާލީ، 27، އަކީ ޓީ ސީރީޒް މިހާރު ހިންގެވުމާ ހަވާލު ހުރި ބުޝަން ކުމާރާއި ލަވަކިޔުންތެރިޔާ ތުލްސީ ކުމާރުގެ ކޮއްކޮ އެވެ.