އުޅަނދުތަކުގައި ސްޓިކާ ޖަހަނީ ޕާކުކުރާނެ ތަން ދައްކާފައި: ނަހުލާ
އުޅަނދުތަކުގައި ސްޓިކާ ޖަހަނީ ޕާކުކުރާނެ ތަން ދައްކާފައި: ނަހުލާ

އުޅަނދުތަކުގައި ސްޓިކާ ޖަހަމުން އަންނަނީ ޕާކުކުރާނެ ތަން ދެއްކުމަށް ފަހު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިއްޔެ ވިދާޅުވެއްޖެ އެވެ.

އުޅަނދުތަކުގައި ސްޓިކާ ޖަހަނީ ޕާކުކުރާނެ ތަން ދައްކާފައި: ނަހުލާ
އުޅަނދުތަކުގައި ސްޓިކާ ޖަހަނީ ޕާކުކުރާނެ ތަން ދައްކާފައި: ނަހުލާ

އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވީ ޕާކްކުރާނެ ތަންތަން ނުދައްކައި ސްޓިކާ ނުޖަހާނެ ކަމަށެވެ. ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކުގައި މިހާރު ޕާކްކުރާނެ ތަންތަން ހަދައި އަދި ވެސް އިތުރަށް ހަދަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޓިކާ ޖަހަނީ އާއްމުންނަށް ވެސް ފަސޭހަ ކޮށްދިނުމަށެވެ. އެގޮތުން ކަފިހި ހުރަސް މަތީގައި ސައިކަލެއް ޕާކްކުރުމަކީ އެއްވެސް މީހަކު ގަބޫލުކުރާނެ ކަމެއް ނޫން ކަަމަށް ވިދާޅުވި އެވެ.

ކުރިއާ ހިލާފަށް، ސްޓިކާ ޖަހާ ހުރިހާ އުޅަނދެއް، އެ ހުންނަ ތަނާއެކު ފޮޓޯނަގާ ކަމަށް ވެސް ވިދާޅުވި އެވެ.

"ސްޓިކާ ޖަހައިގެން މައްސަލައެއް އަޅުގަނޑުމެންނަކަށް ހުށަހެޅިފައެއް ނެތް. ސަބަބަކީ މިގޮތަށް ޕޮލިހުން ވަރަށް ރަނގަޅަށް ބައްލަވާފައި ސްޓިކާ ޖަހަންޖެހޭ ވެހިކަލްތަކުގައި ސްޓިކާ ޖަހަމުން އެ ގެންދަނީ. އެކަމަށްޓަކައި އަޅުގަނޑު ޕޮލިހުންނަށް ޝުކުރު ދަންނަވަން،" ނަހުލާ ވިދާޅުވި އެވެ.

އެ މައްސަލައިގައި މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ވެސް ވަނީ މި މަހުގެ ދެ ވަނަ ދުވަހު ހުށަހަޅައިފަ އެވެ.

ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލުމުން ހަމައެއް ލަމައެއްނެތި ނެތި ޕާކްކުރުން އާންމުވެ، އެތައް ބަޔަކަށް އެކަމުގެ ދަތިތަކާ ކުރިމަތިވި އެވެ. އެހެންވެ އުޅަނދުތައް ޓޯ ކުރަން ފުލުހުން ފެށި އެވެ. ނަމަވެސް އެކަމުން ވެސް ހައްލެއް ނުލިބުމުން މިސްކިތްތައް ކައިރި އާއި ކަފިހި ހުރަސްތަކާއި ދުވާރުތައް ކައިރި އަދި ސްކޫލުތަކާއި ހޮސްޕިޓަލް ފަދަ ތަންތަނާ ކައިރީގައި ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކުގައި މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އަންނަނީ ސްޓިކާ ޖަހަމުންނެވެ.