ހިދުމަތްތައް އޮންލައިންކޮށް ޓްރާންސްޕޯޓުގެ މަސައްކަތަށް ބަދަލެއް
ހިދުމަތްތައް އޮންލައިންކޮށް ޓްރާންސްޕޯޓުގެ މަސައްކަތަށް ބަދަލެއް

އޮންލައިންކޮށް ހިދުމަތަށް އެދުމުގެ ފުރުސަތާ އެކު ޓްރާންސްޕޯޓު އޮތޯރިޓީގެ މަސައްކަތްތަކަށް ބޮޑު ބަދަލެއް ގެންނަން ނިންމައިފި އެވެ.

ހިދުމަތްތައް އޮންލައިންކޮށް ޓްރާންސްޕޯޓުގެ މަސައްކަތަށް ބަދަލެއް
ހިދުމަތްތައް އޮންލައިންކޮށް ޓްރާންސްޕޯޓުގެ މަސައްކަތަށް ބަދަލެއް

ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ އެ އޮތޯރިޓީން ދެމުން އަންނަ ހިދުމަތްތަކުގެ ޝަކުވާ ވަރަށް ބޮޑު ކަމަށެވެ. އެކަމަށް ލުއެއް ހޯދައިދިނުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އޮންލައިންކޮށް ޓްރާންސްޕޯޓުގެ ހިދުމަތަށް އެދެވޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލައިސަންސަށް އެދުމުގެ އިތުރުން އެތަނުގެ އެހެން ހުރި ހިދުމަތްތަކަށް ވެސް އެދެވޭނެ ކަމަށެވެ. އެއީ ތަނުގައި އޮންނަ ކިއު ކުޑަކުރެވޭނެ ކަމެއްކަން ފާހަގަކުރެއްވި އެވެ.

މީގެ ކުރިން ޓްރާންސްޕޯޓުން ހިދުމަތް ދެނީ ދުވާލަކަށް 100 ނަމްބަރު ދޫކޮށްގެންނެވެ. ނަމަވެސް އެތަނުގެ ތެރޭގައި އޮންނަ ބޮޑު ކިޔުއާއެކު އެ ނަމްބަރުތައް ވަރަށް އަވަހަށް ހުސްވެ އެވެ. އެކަމަކު މިހާރު ވަނީ ހެނދުނު 8:00 އިން ފެށިގެން 11:00 ވަންދެން ވަކި ލިމިޓެއް ނެތި ހިދުމަތް ދޭން ނިންމައިފަ އެވެ.

"މި ބަދަލާ އެކު ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ،" ނަހުލާ ވިދާޅުވި އެވެ.