އަބިޖީތު ފޮނަދޫ އީދު އުފާ ޝޯ އަށް ގެންނަނީ
އަބިޖީތު ފޮނަދޫ އީދު އުފާ ޝޯ އަށް ގެންނަނީ

ފޮނަދޫގައި ބާއްވާ އީދު އުފާ ޝޯ އަށް ފުރަތަމަ އިންޑިއަން އައިޑޮލް ކާމިޔާބުކުރި އަބިޖީތު ސާވަން ގެންނަން ނިންމައިފި އެވެ.

އަބިޖީތު ފޮނަދޫ އީދު އުފާ ޝޯ އަށް ގެންނަނީ
އަބިޖީތު ފޮނަދޫ އީދު އުފާ ޝޯ އަށް ގެންނަނީ

އަބިޖީތާއި އޭނާގެ ބޭންޑް ރާއްޖެ އަންނާނީ އަންގާރަ ދުވަހު އެވެ. އަދި ފޮނަދޫގައި އަބިޖީތު ޕަފޯމް ކުރާނީ ބުދަދުވަހުގެ ރޭ ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބުންޏެވެ.

އަބިޖީތު، 34، މާލޭ ކާނިވާ ސަރަހައްދުގައި 2005 ވަނަ އަހަރު ޝޯއެއް ދިނެވެ.

އޭނާ މިހާތަނަށް ތިން އަލްބަމް ނެރެފައިވާ އިރު، ބޮލީވުޑްގެ ބައެއް ފިލްމުތަކަށް ލަވަ ކިޔައިދީ، ބައެއް ފިލްމުތަކުގައި އެކްޓް ވެސް ކޮށްފައިވެ އެވެ. އެކަމަކު އެކްޓަރެއްގެ ގޮތުގައި ބެލުންތެރިންގެ މެދުގައި އޭނާ މަގުބޫލެއް ނޫނެވެ.

އަބިޖީތު ފިލްމުތަކަށް ކިޔާފައިވާ ލަވަތަކުގެ ތެރޭގައި ދާދި ފަހުން ރިލީޒްވި ވަރުން ދަވަން އާއި ޖޯން އަބްރަހަމްގެ "ޑިޝޫމް" ގެ "ސޯ ތަރޭކާ"، "ތީސް މާރް ހާން" ގެ "ޕުންގީ" އަދި "އާޝިގް ބަނާޔާ އާޕްނޭ" ގެ "މަރް ޖާވާ މިޓް ޖާވާ" ލަވަ ފާހަގަކޮށްލެވެ އެވެ.

ޕީއެސްއެމާއި ފޮނަދޫ ކައުންސިލް ގުޅިގެން ވަރަށް ކުލަ ގަދަކޮށް ފޮނދޫގައި ބޮޑު އީދު ފާހަގަކުރަން ތައްޔާރުވަމުން އަންނަ އިރު، އެ ރަށުގައި ބާއްވާ ޝޯތަކުގައި "މޯލްޑިވިއަން އައިޑޮލް" ކާމިޔާބު ކުރި ލައިޝާ ޖުނައިދާ މުބާރާތުން ތިން ވަނަ ހޯދި ލަވަ ކިޔުންތެރިޔާ އަހުމަދު އިޝާން ވެސް ބައިވެރި ވާނެ އެވެ.

އަދި ހަމަ އެ މުބާރާތުން ވިދާލި މުހައްމަދު ޒަލީފް އަބްދުﷲ ވެސް ފޮނަދޫގައި ފަޕޯމް ކުރާނެ އެވެ.

މީގެ އިތުރުން ގިނަ ފަންނާނުންތަކެއް ފޮނަދޫގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ އެވެ.