ދުނިޔެ އޮތް ހާލަތުން ދަރިން ހޯދަން ބޭނުމެއް ނޫން: މައިލީ
ދުނިޔެ އޮތް ހާލަތުން ދަރިން ހޯދަން ބޭނުމެއް ނޫން: މައިލީ

ދުނިޔެއާ މެދު އިންސާނުން އަމަލުކުރަނީ ޒަމާނުންސުރެ އަންހެނުންނާ މެދު އަމަލުކުރަމުން އަންނަ ގޮތަށް ކަމަށާއި އެކަން ބަދަލުވި ދުވަހަކު ނޫނީ ދަރިން ނުހޯދާނެ ކަމަށް، އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް ބުނެފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހޮލީވުޑްގެ އެކްޓަރު ލިއަމް ހެމްސްވޯތުއާ ކައިވެނި ކުރި 26 އަހަރުގެ ލަވަކިޔުންތެރިޔާ "އެލް" އަށް ދިން އިންޓަވިއުއްގައި ބުނީ ދުނިޔެ މިހާރު އޮތީ ބަޔަކު ދަރިން ހޯދައިގެން އުޅެން އެކަށީގެންވާ ވަރުގެ ހާލަތެއްގައި ނޫން ކަމަށެވެ.

ދުނިޔެ އޮތީ "ރުޅި އައިސްފައި" ކަމަށް ސިފަކުރަމުން މައިލީ ބުނީ އަންހެނުންނަކީ ހަމައެކަނި ވިހަން ތިބި ބައެއް ކަމަށް ދެކެމުން އަައި ގޮތަށް ދުނިޔޭން ވެސް ހައްދެއް ނެތި އުފައްދަމުން ދާނެ ކަމަށް އިންސާނުން ހީކުރާ ކަމަށެވެ.

"އަހަރެން ދަރިން ހޯދައިގެން އެ ދަރިންނަށް ދައްކަން ބޭނުން ދުނިޔެ އަކީ ސުލްހަވެރިކަމާއި އަމާންކަމާއި އެއްބައިވައިތަންތަމާއިކު ލޯތްބާއި އެކަކު އަނެކަކަށް އިހުތިރާމާއި އަޅާލުން އޮންނަ ތަނެއްގެ ގޮތުގައި،" މަގުބޫލު ލަވަތަކެއް ގެނެސް ދިން މައިލީ ބުންޏެވެ. "އެކަމަކު ދުނިޔޭގެ ހާލަތު މި ވަގުތު އޮތް ގޮތަށް ބަލާ އިރު މިއީ އިތުރު ފުރާނައެއް ދުނިޔެ އަށް ގެންނަން އެންމެ ރަނގަޅު ހާލަތެއް ނޫން."

އޭނާ ބުނި ގޮތުގައި ދަރިން ހޯދާނީ ހިތްއެދޭ ކަހަލަ ދުނިޔެ އަށް އޮތްކަން އިހުސާސްވި އިރަކުންނެވެ. ދުނިޔެ މިހާރު އޮތީ އިތުރު ފުރާނައަކަށް މަރުހަބާ ކިޔޭ ވަރުގެ ހާލަތެއް ނޫން ކަމަށް މި ޖީލުގެ ގިނަ ބަޔަކު ދެކޭ ކަމަށް ވެސް މައިލީ ބުންޏެވެ.