ރެކޯޑެއް ހަދަން ފާހާނާ ތަށިމަތީގައި 116 ގަޑިއިރު
ރެކޯޑެއް ހަދަން ފާހާނާ ތަށިމަތީގައި 116 ގަޑިއިރު

ފާހާނާ ތަށިމަތީގައި އެންމެ ގިނަ ވަގުތު ހޭދަކޮށްގެން މިހާތަނަށް އެއްވެސް މީހެއްގެ ނަމެއް ދުނިޔޭގެ ރެކޯޑް ފޮތަކަށް އަރައިފައެއް ނެތެވެ. އެކަމަކު މީގެ ކުރިން މީހަކު ތަށިމަތީގައި 100 ގަޑިއިރު ވެސް ހޭދަކޮށްފައިވެ އެވެ. ނަމަވެސް ރެކޯޑް ކަށަވަރެއް ނުވެ އެވެ.

ރެކޯޑެއް ހަދަން ފާހާނާ ތަށިމަތީގައި 116 ގަޑިއިރު
ރެކޯޑެއް ހަދަން ފާހާނާ ތަށިމަތީގައި 116 ގަޑިއިރު

ފާހާނާ ތަށިމަތީގައި އެންމެ ގިނައިރު އިން މީހާގެ ރެކޯޑް ހޯދަން ބެލްޖިއަމްގެ 48 އަހަރުގެ ފިރިހެނަކު މި ވަނީ މަސައްކަތްކޮށްފަ އެވެ. މިދިޔަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ހެނދުނާ ހަމައަށް އޭނާ ވަނީ ފާހާނާ ތަށިމަތީގައި 116 ގަޑިއިރު ހޭދަކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް ފަސް ދުވަހެވެ. ޓާގެޓަކަށްވީ ހަ ދުވަސް ނުވަތަ ނުވަތަ 165 ގަޑިއިރު ހޭދަ ކުރުމެވެ. އެކަމަކު ވަރުބަލިވެގެންނާއި ގައިގައި ރިއްސަން ފެށުމުން 116 ގަޑިއިރަށް ކުރުކޮށްލަން ޖެހުނީ އެވެ.

ރެކޯޑެއް ހަދަން ފާހާނާ ތަށިމަތީގައި 116 ގަޑިއިރު
ރެކޯޑެއް ހަދަން ފާހާނާ ތަށިމަތީގައި 116 ގަޑިއިރު

ބެލްޖިއަމްގައި ބަސް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ ޖިމީ ޑި ފްރީން އެހާ ގިނަ ވަގުތު ހޭދަކުރީ ބޭނުން ކުރާ ފާހާނާތައްޓެއްގެ މަތީގައެއް ނޫނެވެ. އޭނާ ވަގުތު ހޭދަކުރީ ބެލްޖިއަމްގެ އޮސްޓެންޑްގައި ހިންގާ "ފިލިޕްސް ޕްލޭސް ބާ" ގެ ތެރޭގައި އިށީންނަން ބަހައްޓާފައި ހުރި ތައްޓެއްގެ މަތީގަ އެވެ. މިކަމާ އޭނާ އުޅެން ފެށުމުން ވަރަށް ގިބަ ބަޔަކު ޖީމީ އަށް ޖޯކް ޖަހައި، މަލާމާތްކޮށް ވެސް ކުރި އެވެ.

"ސެލްފް މޮކެރީ އަކީ ވެސް ހިއުމާއެއް. އެހެންވީމާ އެކަހަލަ ކަމެއް ނުކުރަންވީ ސަބަބެއް،" އޭނާ ރޮއިޓާޒަށް ބުންޏެވެ.

ޖިމީ ތަށިމަތީގައި ހޭދަކުރި ގިނަ ވަގުތުތަކުގައި އޭނާ ފޫހިފިލުވައި ދޭން އަނގަތަޅާލަން އާއިލާގެ ބައެއް މީހުންނާއި ރައްޓެހިން ވެސް ޒިޔާރަތްކުރި އެވެ.

"އަހަންނަކީ ބަހުގައި ވެސް ވަރަށް ގިނަ ވަގުތު އިށީނދެގެން އިންނަ މީހެއް. އެހެންވީމާ އެކަހަލަ ކަމަކާ ގުޅުން ހުރި ކަމެއް ކޮށްލައިގެން ދުނިޔޭގެ ރެކޯޑެއް ހެދުމަކީ ނުވާނެ ކަމެއް ނޫން،" އޭނާ ބުންޏެވެ.

ތަށިމަތީގައި ހޭދަ ކުރި ވަގުތަކުތަކުގެ ތެރޭގައި ޖިމީ އަށް ދޭތެރޭ ދޭތެރެ އިން ފަސް މިނިޓްގެ ކުރު ބްރޭކްތަކެއް ނަގަން ޖެހުނެވެ. އެއީ ފާހާނާ ކުރުމަށެވެ.

"މިއީ ހީކުރިހާ ފަސޭހަ ކަމެއް ވެސް ނޫން. އެންމެ ބޮޑު މައްސަލައަކީ އިށީނދެގެން އިނދެއިނދެ ވަރުބަލިވެ ފައިގައި ވެސް ރިއްސުން،" ޓީޝާޓަކާއި ސޯޓްބުރިއެއް ލައިގެން ތަށިމަތީގައި ވަގުތު ހޭދަ ކުރި ޖިމީ ބުންޏެވެ. "އެކަމަކު އަހަންނަށް ވަރަށް ޔަގީން ރެކޯޑް ކަށަވަރު ކުރެވޭނެކަން،"

ރެކޯޑެއް ހަދަން މީހަކު 116 ގަޑިއިރު ފާހާނާ ތައްޓެއްގެ މަތީގައި އިށީނދެ އިން ވާހަކަ ގިނިސް ވޯލްޑް ރިކޯޑްގެ ސަމާލުކަމަށް ވެސް ގެނެސްފައިވާތީ އެތަނުން މިހާރު އަންނަނި އެކަން އިތުރަށް ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެހެންވެ މި ރިކޯޑް ޖިމީ އަށް ކަށަވަރުވެއްޖެ ނަމަ ވެގެން ދާނީ އެންމެ ގިނަ ވަގުތު ފާހާނާ ތައްޓެއްގެ މަތީގައި ހޭދަކޮށްގެން ރެކޯޑެއް ހެދި ފުރަތަމަ މީހާއަށެވެ.