ޕާކިސްތާނުން އިންޑިއާ އަށް ޑްރަގް ފޮނުވަން ރާއްޖެ ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފި
ޕާކިސްތާނުން އިންޑިއާ އަށް ޑްރަގް ފޮނުވަން ރާއްޖެ ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފި

ޓެރަރިސްޓުންނަށް ފައިސާ ހޯދައި ދިނުމަށްޓަކައި ރާއްޖެ އާއި ސްރީލަންކާ މެދުވެރިކޮށް ޕާކިސްތާނުން އިންޑިއާ އަށް ޑްރަގްސް ފޮނުވާ ކަމަށް އިންޑިއާގެ ސަލާމަތީ އެޖެންސީތަކުން ތުހުމަތުކޮށްފި އެވެ.

އިންޑިއާގެ ސަލާމަތީ އެެޖެންސީތަކާ ހަވާލާދީ ހިންދުސްތާން ޓައިމްސް ނޫހުން ބުނީ ޖުލައި 50 ކިލޯގެ ހެރޮއިން އާ އެކު ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުގެ ތެރެއިން ދަތުރުކުރި ޕާކިސްތާނުގެ ބޯޓެއް ސްރީލަންކާގެ ކޯސްޓްގާޑުން އަތުލައިގަތް ކަމަށާއި އެއީ އިންޑިއާ އަށް ދާން އުޅުނު ބޯޓެއް ކަމަށެވެ.

ޕާކިސްތާނުން އިންޑިއާ އަށް ޑްރަގް އެތެރެކުރަން މަސައްކަތްކުރި ދެވަނަ މައްސަލައެއްގެ ގޮތުގައި އެ ނޫހުން ރިޕޯޓްކޮށްފައި ވަނީ ގުޖުރާތުގެ ކުޗް ޑިސްޓްރިކްގްޓެގެ ޖަކާއޫ ނަމަކަށް ކިޔާ ރަށުގެ އައްސޭރިފަށުން މޭ 21 ވަނަ ދުވަހު އަތުލައިގަތް ބޯޓެއްގެ މައްސަލަ އެވެ. ޕާކިސްތާނުގެ ކަރާޗީގައި ރަޖިސްޓްރީކޮށްފައިވާ އެބޯޓުގައި 218 ކިލޯގެ ހެރޮއިން ހުރި ކަމަށް ވެ އެވެ. އެ ބޯޓުގައި ތިބި ހަ ފަޅުވެރިން ހައްޔަރުކޮށްގެން ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި ބޯޓުގައި ހުރި މަސްތުވާތަކެއްޗަކީ މުމްބާއީގައި ހުރި ބަދުރުއްދީން ޝައިޚު ނަމަކަށް ކިޔާ މީހަކަށް ޕާކިސްތާނުގެ ހާމިދު މާލިކީ ނަމަކަށް ކިޔާ މީހަކު ފޮނުވި ތަކެއްޗެވެ.

ތިން ވަނަ މައްސަލައަކީ މޭ 26 ގައި ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ގިނަ އަދަދެއްގެ ޑްރަގާ އެކު އަތުލައިގަތް އީރާނުގެ ބޯޓުގެ މައްސަލަ އެވެ. އެ ބޯޓުގައި ވެސް ޕާކިސްތާނު މީހަކު ހުއްޓެވެ.

ނޫހުން ބުނިގޮތުގައި ޓެރަރިޒަމަށް ފައިސާ ހަރަދުކުރުމާ މަސްތުވާތަކެއްޗާ ހުރި ގުޅުން އެނގުނީ ޕާކިސްތާނުގެ ލަޝްކަރޭ ތައިބާ އަށް ނިސްބަތްވާ ޑޭވިޑް ހޯލްމަން ހެޑްލީގެ ތަހުގީގުންނެވެ. ތަހުގީގުގައި އޭނާ ބުނެފައިވަނީ ގޮތުގައި އިންޑިއާގައި ތިބޭ ޓެރަރިސްޓުންނަށް ޑްރަގާ އެކު ހަތިޔާރު ފޮނުވުމުގައި ޕާކިސްތާނުގެ ޖާސޫސީ އިދާރާއިން ދައުރެއް އަދާކުރާ ކަމަށެވެ.