"އެންމެ ހިތްފަސޭހަ" ލައިބްރަރީ ޗައިނާގައި
"އެންމެ ހިތްފަސޭހަ" ލައިބްރަރީ ޗައިނާގައި

އޮއްސެމުންދާ އިރާއެކު އުޑުމަތީގެ އަލި ފަނޑުވެ، ވިލާތަކުގެ ކުލަ ވައިލެޓަކަށް ބަދަލުވަމުން އާދެ އެވެ. އޭގެ ހިނދުކޮޅެއް ފަހުން އަނދިރީގެ ތެރެއަށް ގެއްލިގެންދެ އެވެ. އޭރު ދިމާކުރިމަތިން ފެންނަ އޮންނަ ކަނޑުގެ ކުލައަކީ އަޅި އެވެ. ޖެހިލާ ރޯޅިތަކުގެ ހިމޭން އަޑު މިއުޒިކެއްފަދަ އެވެ. އެ ރޯޅިތައް ފިރުމަމުންދާ ވެލިގަނޑުގެ މެދުގައި ހުންނަ އެކަނިވެރި ބިނާ އަކީ "ސީ ޝޯ" ލައިބްރަރީ އެވެ.

"އެންމެ ހިތްފަސޭހަ" ލައިބްރަރީ ޗައިނާގައި
"އެންމެ ހިތްފަސޭހަ" ލައިބްރަރީ ޗައިނާގައި

ބޭރުފުށުން ފެންނަނީ އެ އިމާރާތުގެ ހިލަ ފާރުތަކެވެ. އެކަމަކު އޭގެ އެތެރޭގައި ވަނީ މުޅިން ތަފާތު ދުނިޔެއެކެވެ. ޗައިނާގެ ބެއިދާހާގައި 2015 ވަނަ އަހަރު ހުޅުވި މި ލައިބްރަރީގެ ބޮޑު މިނުގައި 450 އަކަމީޓަރު ހުރެ އެވެ. މެޑިޓޭޝަން ސްޕޭސް އާއި ރީޑިން ރޫމް އަދި ރެސްޓްރޫމެއް ހިމެނޭ މި ލައިބްރަރީ އަށް ބައެއް މީހުން "އެންމެ އެކަނިވެރި" ލައިބްރަރީއޭ ވެސް ކިޔަ އެވެ.

"އެންމެ ހިތްފަސޭހަ" ލައިބްރަރީ ޗައިނާގައި
"އެންމެ ހިތްފަސޭހަ" ލައިބްރަރީ ޗައިނާގައި

މޫދާއި ލައިބްރަރީއާ ދެމެދު ހުރަސްވެފައިވާ ފުޅާ ބިއްލޫރި ދޮރުފަތް ހުޅުވާފައި ހުންނައިރު ހުރަހެއްނެތި އަންނަ ތާޒާ ވައިރޯޅީގެ ފިރުމުންތަކާ އެކު މޫދު ލޮނުގެ ވަސް ދުވާނެ އެވެ. ލައިބްރަރީގައި ސީޓުތައް ޖަހާފައި ހުންނަނީ އެންމެ ފަހަތުގައި ހުންނަ މީހާ އަށް ވެސް ބޭރު ފެންނަހެން ތިރިން މައްޗަށް ވާގޮތަށެވެ.

ވެކްޓަ އާކިޓެކްޓުންގެ ޓީމަކުން ބިނާކޮށްފައިވާ ލައިބްރަރީގެ މަސައްކަތުގައި އިސްކޮށް ހުރީ ގޮންގް ޑޮންގް އެވެ.

ތަނުގެ ހިތްފަސޭހަކަން ދެމެހެއްޓުމަށްޓަކައި ސީ ޝޯ ލައިބްރަރީ އަށް ފަހަރަކު އެންމެ ގިނަވެގެން ވަދެވޭނީ 75 މީހުންނަށެވެ.