ދުވާލަކަށް 300 ކެލޮރީޒް މަދުކޮށްލުމުން ހިތަށް ފައިދާ ބޮޑު
ދުވާލަކަށް 300 ކެލޮރީޒް މަދުކޮށްލުމުން ހިތަށް ފައިދާ ބޮޑު

ހިތުގެ މައްސަލަތައް ހުންނަ މީހުން ވެސް، ދުވާލެއްގެ މައްޗަށް ބޭނުންކުރާ ކެއުމުގެ ތެރެއިން 300 ކެލޮރީޒް މަދުކޮށްލުމުން ހިތުގެ މައްސަލަތައް ކުޑަކޮށްދޭ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

ދުވާލަކަށް 300 ކެލޮރީޒް މަދުކޮށްލުމުން ހިތަށް ފައިދާ ބޮޑު
ދުވާލަކަށް 300 ކެލޮރީޒް މަދުކޮށްލުމުން ހިތަށް ފައިދާ ބޮޑު

ދަ ލާންސިޓް ޑައިބެޓީޒް އެންޑް އެންޑޮކްރިނޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނީ ދުވާލެއްގެ މައްޗަށް ކެލޮރީޒް އަންދައިލެވިދާނެ އެންމެ ފަސޭހަ އެއް ގޮތަކީ ވަކި ވަގުތުތަކެއްގައި އެއްގޮތަކަށް ވެސް ނުކެއުމާއި ކައި ނިމިގެން ފޮނި އެއްޗެއް ނުކެއުން ކަމަށެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ދުޅަހެޔޮ ސިއްތަކަށް ރަނގަޅު ޑައިޓަކާ އެކު، ކަސްރަތު ވެސް ވަރަށް މުހިއްމުމެވެ. ކަސްރަތުގެ ވާހަކަ އެހެން ގޮތަކަށް މާނަކުރާ ނަމަ ހަރަކާތްތެރި ލައިފްސްޓައިލެއް ހޯދުން ވެސް މުހިންމު ކަމަށް ބުންޏެވެ.

ދިރާސާގައި ބުނި ގޮތުގައި ކެލޮރީޒް ދަށްކޮށްލެވުމުން ލޭގެ ފްރެޝަރު ވެސް ހަމައަކަށް އެޅެން މަގުފަހިކޮށް ދިނުމާ އެކު ބޭޑް ކޮލެސްޓްރޯލް (އެލްޑީއެލް) ގެ އިތުރުން ލޭގައި އެކުލެވޭ ފެޓްގެ ބާވަތެއް ކަމަށްވާ ޓްރައިގްލިސުރައިޒްސް ލެވެލް ވެސް ހަމައަކަށް އަޅުވައި ދޭނެ އެވެ.

"މީގައި އެންމެ މުހިއްމު ކަމަކީ ރަނގަޅު ޑައިޓެއް ފޮލޯ ކުރުމާ އެކު ގަވައިދުން ކަސްރަތު ކުރުން. އެއީ ކޮންމެ މީހަކަށް ވެސް އެހާ ބޮޑު ކަމަކަށް ނަހަދައި ކޮށްލެވިދާނެ ކަމެއް،" ދިރާސާގައި ބައިވެރިވި ޑޫކް އެމެރިކާގެ ނޯތު ކެރޮލައިނާގެ ޔުނިވަސިޓީ އޮފް މެޑިސިންގެ ޕްރޮފެސަރު ޑރ. ވިލިއަމް ކްރޯޒް ވިދާޅުވި އެވެ. "އޭގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން އިތުރުކޮށް ދޭނެ."