13 ޖުލައި 2019 - 14:34

އުމުރުން 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޒުވާނަކު މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފި އެވެ.
ފުލުސް އޮފީހުން މިއަދު ބުނިގޮތުގައި ކުޑަކުއްޖާ އަށް ޖިންސީ ގޯނާ ކުރިކަމުގެ ރިޕޯޓު ފުލުހުންނަށް ކުރީ ބުރާސްފަތި ދުވަހުގެ ރެ އެވެ. އަދި ޖެހިގެން އައި ދުވަހު ކޯޓު އަމުރެއްގެ ދަށުން 21 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް އެތަނުން ބުންޏެވެ.
އެ މީހާ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް މިހާރު ވަނީ ޖަހައިފަ އެވެ.
ގދ. އަތޮޅުގެ ރަށެއްގައި އަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް މިދިޔަ ހަފުތާ ތެރޭގައި ޖިންސީ ގޯނާ ކޮށްފައިވާ އިރު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު މާލޭގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ވަނީ ރޭޕްކޮށްލައިފަ އެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ކުއްޖަކާއި އިތުރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.